ads
ބޭރުމަގު ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން
ބޭރުމަގު ފުޅާކޮށް ތާރު އެޅިބައި ހޯމަ ދުވަހު ހުޅުވާލަނީ
ބޮޑުތަކުރުފާނުމަގުގެ ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގެ ހެދި ބައި އަންނަ ހޯމަ ދުވަހު އާއްމުކޮށް ހުޅުވާލާނެކަމަށް އެމްޓިސީސީން ބުނެފިއެވެ.
Advertisement

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މަގު ފުޅާކޮށް ފުރަތަމަ ތާރަ އަޅާފައި މިވަނީ ރަސްމީ ފާލަމުން ފެެށިގެން ޗާންދަނީމަގާއި ދޭތެރޭ އޮންނަ ތަންކޮޅެވެ. އެ ބައިގައި ތާރު އެޅުމުގެ މަސައްކަތް އިއްޔެ ވަނީ ނިންމާފައެވެ. މިހާރު ކުރިޔަށް ދަނީ މަގުމަތީގެ ނިޝާންތަކާއި ސައިންބޯޑްތައް ހަރު ކުރުމުގެ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެއެވެ.  އަދި އެ މަސައްކަތްތައް ނިންމާ އަންނަ ހޯމަ ދުވަހު މަގު އާއްމުކޮށް ހުޅުވާލަން ތައްޔާރުވަމުން އަންނަކަމަށް އެމްޓީސީސީން ބުނެއެވެ. 

މި މަޝްރޫއު ނިމޭއިރު މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހަދާނެކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ވަނީ ބުނެފައެވެ. މަގުގެ ގާތްގަނޑަކަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅަން ވަނީ ނިންމާފައެވެ. އެއީ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ.

އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ. 

your imageބޭރުމަގު ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން

މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް އާންމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް އެމްޓިސީސީން ވަނީ ކޮށްފައެވެ. ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާނީ މަސްމާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށެވެ. އެ މަސައްކަތުގެ ދަށުން މަގު ފުޅާކޮށް އެ މަގުގައި ތާރު އަޅާނެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް