ads
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާފައިވާ ފްލެޓްތަކެއް: ފޮޓޯ ކޯޕަރޭޓް މޯލްޑިވިސް
އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ގޯއްޗަށް ކުރިމަތިލެވޭނެ ގޮތެއް ހޯދަން ވިސްނަނީ
ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްތަކުގެ ތެރެއިން ލިބިފައިވާ އެއް ކޮޓަރީގެ ފްލެޓްތައް ދޫކޮށްލުމުން ގޯއްޗަށް ކުރިމަތިލެވޭނޭ ގޮތްތައް ހެދުމަށް ސަރުކާރުން ވިސްނަވަމުން ގެންދަވާކަމަށް ރަޢީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެ މަނިކުފާނު އެހެން ވިދާޅުވީ، މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާފަންނުގެ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގެ ބައެއް ބައިވެރިން އެއް ކޮޓަރީގެ ފްލެޓުގެ މައްސަލަ އަނެއްކާ ވެސް ތިލަ ކުރުމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެއްވެސް ބައެއްގެ އަތުން ފްލެޓެއް އަތުލާފައިވާ ނަމަ އެ ބަޔަކަށް ސަރުކާރުގެ އެހެން ހައުސިން ސްކީމެއްގެ ތެރެއިން ތަންތަން ދޫކުރާއިރު ބަލާނީ މިސާލަކަށް އެފްޑީސީގެ 4،000 ފްލެޓުގެ ތެރެއިން ފްލެޓެއް ލިބިފައިވުން ނުވަތަ އެފަދަ ސްކީމަކުން ގޯއްޗެއް ފުރުސަތެއް ލިބިފައިވޭތޯ އެކަންޏެވެ. އެފަދަ ކަމެއް ނެތް ކަމަށް ވައުދުވެވަޑައިގެންނެވި ގޮތަށް އެ ވައުދު ފުއްދަވާނެ ކަމުގެ ކަށަވަރުކަން ރައީސް ރޭ ވެސް ދެއްވި އެވެ،

ހަމަމިއާއެކު، ރައްޔިތުން އެދެމުންދާގޮތަށް ސޯޝަލް ހައުސިން ސްކީމްތަކުގެ ތެރެއިން ލިބިފައިވާ އެއް ކޮޓަރީގެ ފްލެޓްތައް ދޫކޮށްލުމަށްފަހު ގޯއްޗަށް ލެވޭނޭގޮތްތައް ހެދުމަށް ސަރުކާރުން ވިސްނަވަމުން ގެންދަވާކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، އަލަތު ކައިވެނިގެ ފްލެޓްތަކަށް ވީގޮތުގެ ތަފްސީލުވެސް ރައީސް ވަނީ ދެއްވާފަ އެވެ.

"އަޅުގަނޑުމެންނާ ހަމައަށް އައިއިރުގައި އެ ފްލެޓްތައް އެއްކޮށް ދީފަ އެހުރީ. އެހެންވެ އެތަަންތަން ނެތީ. އެހެންނަމަވެސް އަޅުގަނޑުމެން ވެފައިވާ ވައުދެއް އެއީ ކުރީ ސަރުކާރުން ފްލެޓްތައް އަތުލާފަ ވީބަޔަކަށް ވެއްޖެއްޔާ ސަރުކާރުން ހިންގާ ހައުސިންގ ސްކީމްތަކުގެ ތެރެއިން އެ ފްލެޓްތައް އެ ބަޔަަކަށް ދޭނެކަމަށް. އެހެންމަ އެކަންކަން އަޅުގަނޑުމެން އެގޮތަށް ކުރިއަށްދާނަން." ރައީސް ވިދާޅުވި އެވެ.

ރައީސް ރޭ ވަނީ ހުޅުމާލެ 3 އާއި ގިރާވަޅުފަޅު އަދި ގުޅިފަޅު ހިއްކުމުގެ ތާވަލް ވެސް ތަކުރާރު ކުރައްވައިފަ އެވެ. ރޭގެ ބައްދަލުވުމުގައި ވެސް ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ގިނަ ކަންބޮޑުވުންތަކެއް އާންމުން ފާޅުކުރި އެވެ. އެ ހުރިހާ ކަންބޮޑުވުންތަކަށް ޖުމްލަ ގޮތެއްގައި ރައީސް ރޭ ވެސް ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން މާާލޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ހައްލުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް