ads
ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރިލް 4 ގައި ބާއްވަނީ
ލޯކަލް ކައުންސިލް އަންނަ އޭޕްރިލް 4 ގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
Advertisement

އީސީ އިން ބުނީ މި އިންތިހާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމަށް 7,000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދުމަށްވެސް އީސީ އިން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. އޮފިޝަލަކަށް ވުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބައެއްް ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ފުރުސަތުވެސް ހުޅުވާލާފަ އެވެ.

އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވަން ނިންމި އިރު މި ފަހަރުގެ އިންތިހާބުގައި އަތޮޅު ކައުންސިލުގެ ރައީސުން އިންތިހާބު ކުރުމެއް ނޯންނާނެ އެވެ. ކައުންސިލް އިންތިހާބުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސް މުއިއްޒު ތަސްދީގު ކުރެއްވުމާ އެކު ދެން ބާއްވާ ކައުންސިލު އިންތިހާބާއެކު އަތޮޅު ކައުންސިލު އުވިގެންދާނެ އެވެ.

ހަރަދު ކުޑަކުރުމަކީ ވެސް ބޭނުމެއް ކަމަށް ބުނެފައިވާ އިރު، ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމު އުވުމުން އުނިވެގެން ދަނީ 19 މަގާމެކެވެ. އަތޮޅު ކައުންސިލުގެ ރައީސެއްގެ މުސާރައަކީ މަހަކު 33000 ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް