ads
ލަންކާ މަގެއްގައި ފެންބޮޑުވެފައި
ލަންކާ ވިއްސާރަ: ފެން ބޮޑުވެ މަރުވި މީހުންގެ އަދަދު 300 އިން މައްޗަށް
ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގައި އެ ގައުމުގެ މަރުވި މީހުންގެ އަދަދު މަދުވެގެން 300 އިން މައްޗަށް އަރާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) މިއަދު ބުނެފި އެވެ.
Advertisement

ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނި ގޮތުގައި އެ ހާދިސާގައި 25،000އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، 148،000އަށް ވުރެ ގިނަ މީހުން ދައުލަތުގެ ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފަ އެވެ. ޑީއެމްސީން ބުނީ ބައި މިލިއަން މީހުންނަށް އެކި އެހީތެރިކަން ބޭނުންވެފައިވާ ކަމަށެވެ. 

ޑީއެމްސީން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ކޭންޑީންނެވެ. އެ ސަރަހައްދުން 88 މީހުން ވަނީ މަރުވެފަ އެވެ. ބަޑުއްލާ އިން 71 މީހުން މަރުވިއިރު، ނުވަރަލިއާ އިން 68 މީހުން ވަނީ މަރުވެ ފައެވެ. އަދި މަޓަލޭ ސަރަހައްދުން 23 މީހުން ވަނީ މަރުވެފަ އެވެ.

އެންމެ ގިނަ ބަޔަކު ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ވެސް ކޭންޑީންނެވެ. އެ ސަރަހައްދުން 150 މީހުން ވަނީ ގެއްލިފަ އެވެ.

މިދިޔަ ހުކުރު ދުވަހު އެރި ދިތުވާ ތޫފާން އެރީ އިރުމަތީ އައްސޭރިފަށެވެ. ނަމަވެސް އެ ތޫފާން ވަނީ އެ ގައުމު ދޫކޮށް ގޮސްފަ އެވެ. ލަންކާއަށް އެރި ތޫފާން "ދީތްވާ" މިހާރު ދަތުރުކުރަމުން ދަނީ އިންޑިއާގެ އުތުރަށެވެ. އެ ތޫފާން މިރޭގެ ވަގުތެއްގައި އިންޑިއާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކުރެ އެވެ.

ލަންކާގައި 2003 ވަނަ އަހަރު ހިނގި އެންމެ ބޮޑު ފެންބޮޑުވުމުގެ ހާދިސާގައި 254 މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް