ads
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް
ޝަރީއަތްތައް ޖެނުއަރީ މަހާ ހަމައަށް މެދުކަނޑާލައި ސުޕްރީމް ކޯޓު ރިސެސްއަށް
ސުޕްރީމް ކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ފަހު، މާދަމާއިން ފެށިގެން އެ ކޯޓު ރިސެސްއަށް ދިޔުމަށް ނިންމައިފިއެވެ.
Advertisement

ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް އެ ކޯޓު އޮންނާނީ ރިސެސްގައެވެ.

ކޯޓުން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި އާންމު އުސޫލުން އެއްވެސް ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާނެއެވެ. އެހެންނަމަވެސް ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ލާޒިމުކުރާ ކަންކަމާއި، ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހާއްސަ ހާލަތްތަކުގައި ބާއްވަން ޖެހޭ ޝަރީއަތްތައް ރިސެސް ތެރޭގައި ވެސް ކުރިއަށް ދާނެ ކަމަށް ސުޕްރީމް ކޯޓުން މައުލޫމާތު ދެއެވެ.

ޝަރީއަތްތައް މެދުކަނޑާލި ނަމަވެސް ކޯޓުގެ އިދާރީ ހިދުމަތްތައް މެދުނުކެނޑި ލިބޭނެއެވެ. އެގޮތުން މައްސަލަތައް ބަލައިގަތުމާއި، ރަޖިސްޓްރޭޝަންގެ މަސައްކަތްތައް އަދި އެ ނޫން ވެސް އިދާރީ އެންމެހާ މަސައްކަތްތައް ރަސްމީ ދުވަސްތަކުގައި ކުރިއަށް ދާނެ ކަމަށް އެ ކޯޓުން ބުންޏެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް