ރައީސް ނަޝީދަށް އިންޒާރު ދިން މައްސަލައިގައި، ހ. ލައިޓްނައިޓް، އިސްމާއިލް ޔާފިސްގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރި އެވެ.
އެއީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ހަމަލާއެއް ހިންގާނެކަމުގެ އިންޒާރު ދިނުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލަތަކުގެ ތެރެއިން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރި މައްސަލައިގައި އޭނާގެ މައްޗަށް ދެ އަހަރުގެ ހުކުމެއް އިއްވި އެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރު ދިން މައްސަލައިގައި އޭނާގެ މައްޗަށް އިއްވީ ތިން އަހަރުގެ ހުކުމެކެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިން މައްސަލައިގައި އޭނާއަށް އިއްވީ ފަސް އަހަރުގެ ހުކުމެކެވެ.