މިއީ، އެޕޯލޯ ކުންފުނިން ނާޒިމްއަށް ކްރެޑިޑަށް ދޫކޮށްފައިވާ، 485،211.34 ރުފިޔ ގެ މުދަލުގެ އަގަށްވާ ފައިސާ އަދި އެ ފައިސާ ހޯދުމަށް ޓަކައި ކުރަން ޖެހުނު ގާނޫނީ މަސައްކަތަށް 25،000 ރުފިޔާ ހޯދުމަށް ހުށަހެޅި މައްސަލައެކެވެ.
މިއީ މި އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ނުދައްކައި ހުރި ފައިސާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގައި ކޯޓުންވަނީ އެޕޯލޯ ކުންފުނިން އެދުނު ގޮތަށް، އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ އަލުން މައްސަލަ ހުށަހެޅޭ ގޮތަށް މައްސަލަ ފޮނުވާލާފައެވެ.