ads
ކްރިމިނަލް ކޯޓް
ސްކޭމްގެ ތުހުމަތަށް 30 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށް ބަންދަށް ފަސް ދުވަސް
ސްކޭމް މައްސަލައެއްގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
Advertisement

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ކަސްޓޯޑިއަލް ޖަލެއްގައި ފަސް ދުވަހުގެ މުއްދަތަށް އޭނާ ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި މީހާގެ މައްޗަށް ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ކޯޓަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި، ސްކްރީން ޝޮޓްތައް ހިމެނެއެވެ. މީގެ އިތުރުން ފުލުހުން ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކަށް ފޮނުވާފައިވާ އީމެއިލްތަކާއި އެ އީމެއިލްތަކުގެ ޖަވާބުތައް ވެސް ހެކީގެ ގޮތުގައި ވަނީ ހިމަނާފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާއަކީ މީގެ ކުރިން ބަންދު ރެކޯޑެއް އޮތް މީހެއް ނޫން ކަން ކޯޓު އަމުރުން އެނގެން އޮތް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ފަހަކަށް އައިސް ރާއްޖޭގައި ސްކޭމްގެ މައްސަލަތައް އިތުރުވެފައިވާއިރު، މިފަދަ ކަންކަން ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް