ads
42 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށްވާ އިގްބާލް ހޮސައިން
ބަންދުގައި ބަހައްޓައިގެން ކޯޓަށް ގެންދަން ޖެހޭ ބިދޭސީއެއް ހޯދަން އާންމުންގެ އެހީއަށް
ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ޖެހިފައިވާ ބިދޭސީއަކު ހޯދުމަށް، އާންމުންގެ އެހީތެރިކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދިއްޖެއެވެ.
Advertisement

މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ އުމުރުން 42 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށްވާ އިގްބާލް ހޮސައިންއެވެ.

ފުލުހުން ބުނީ މި މީހާ ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާތީ ކަމަށެވެ. އެހެންކަމުން، އޭނާ ހައްޔަރުކޮށް، ބަންދުގައި ބަހައްޓައިގެން މި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ވީމާ މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި، އެ މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން އެ މުއައްސަސާއިން ފާހަގަކުރެއެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް