ads
ގޭންގޭއްގެ ބަޔަކު ބަންދުކުރިތަން ދައްކުވައިދޭ މަންޒަރެއް
ކަޓަރު ތިލަ ގެންގުޅުނީ ނިޔަފަތި ކަނޑަން ކަމަށް ބުނި މީހާ 30 ދުވަހަށް ބަންދު
ގުރޫޕު ހަދައިގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު، އޭނާގެ އަތުން ފެނުނު ކަޓަރު ތިލައަކީ ނިޔަފަތި ކަނޑަން ގެންގުޅުނު އެއްޗެއް ކަމަށް ބުނުމުން، އެކަން ގަބޫލުނުކޮށް ކޯޓުން އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
Advertisement

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިމަހުގެ 18 ވަނަ ދުވަހު މާލެއިން ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކާއި 19 އަހަރުގެ ޒުވާނެކެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 34 އަހަރުގެ މީހާ ވަނީ އޭނާގެ ދިފާއުގައި ތަފާތު ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން އޭނާ ބުނީ ކުރިން މާރާމާރީގައި އުޅުނަސް މިހާރު އެފަދަ ކަމެއް ނުކުރާ ކަމަށާއި، އަތުން ފެނުނު ކަޓަރަކީ ނިޔަފަތި ކަނޑަން ގެންގުޅޭ އެއްޗެއް ކަމަށެވެ.

މީގެ އިތުރުން ތުހުމަތުކުރެވޭ މީހާގެ ހަށިގަނޑުގައި ހެންވޭރު ގުރޫޕަކަށް ނިސްބަތްވާ ޓެޓޫއެއް ހުރިކަން ފުލުހުން ފާހަގަކުރުމުން، އޭނާ ބުނީ އެއީ ކުޑައިރު ފުޓުބޯޅަ ކުޅުނު އިރު ޖެހި އެއްޗެއް ކަމަށާއި ގޭންގުތަކާ ގުޅުމެއް ނޯންނާނެ ކަމަށެވެ.

މައްސަލަ ބެއްލެވި ގާޒީ ވަނީ ތުހުމަތުކުރެވޭ މީހާއަށް މަސްތުވާތަކެތީގެ ފަރުވާގެ ފުރުސަތު ފަހިކޮށްދިނުމަށް ފުލުހުންނަށް އަންގައި، އޭނާ 30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން އަމުރުކޮށްފައެވެ. ބަންދު އިތުރުކޮށްފިނަމަ ފަރުވާގެ ފުރުސަތު ގެއްލިދާނެ ކަމަށް އޭނާ ކޯޓުގައި ފާހަގަކުރިއެވެ. މި މައްސަލައިގައި ދެން ހައްޔަރުކުރި 19 އަހަރުގެ ޒުވާނާ ވަނީ ބަންދުން ދޫކޮށްލާފައެވެ. މާރާމާރީ ހިންގަން އުޅުނު ގުރޫޕެއް ހުއްޓުވާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގައި މިހާރު ގޭންގުތައް ވަރަށް މަދުވެފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް