ads
ސެއިންޓް ރެޖިސް ވޮށްމުލީގައި ހަދާފައިވާ ވިލާއެއް: މިއީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ އެއް ބްރޭންޑް
13 ފަޅެއްގައި ރިސޯޓު ތަރައްގީކޮށް ހިންގުމަށް ހުޅުވާލައިފި
އުތުރުގެ ތިން އަތޮޅާއި ލ. އަތޮޅުގެ ބައެއް ރަށްރަށާއި ފަޅުގައި ޓޫރިސްޓު ރިސޯޓް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
Advertisement

އެގޮތުން، ހަލާލު ޓުއަރިޒަމަށް ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން، ހުޅުވާލީ ހއ. ބިނާފުއްޓާއި އެ އަތޮޅު ކަނޑާލިފިނޮޅާއި ހދ. މަކުނުދޫ ފަރު އެކަކާއި ށ. ފުށިފަރާއި ލ. ފޮނަގާދޫގަ އެވެ.

މީގެ އިތުރުން ވެސް ރިސޯޓު ތަރައްގީކުރަން އިތުރު 13 ރަށެއް ވެސް ބީލަމަށް ވަނީ ހުޅުވާލާފަ އެވެ. އެއީ،

  • ހއ. މާދުނި ފަރު 1: 200 ހެކްޓަރު
  • މާދުނި ފަރު 2: 200 ހެކްޓަރު
  • މާދުނި ފަރު 3: 200 ހެކްޓަރު
  • ހއ. ކެލާ ފަޅު 1: 156.2 ހެކްޓަރު
  • ހދ. މަކުނުދޫ ފަރު 1: 200 ހެކްޓަރު
  • ހދ. މަކުނުދޫ ފަރު 2: 200 ހެކްޓަރު
  • ހދ. މާފަރު ފަރު 1: 200 ހެކްޓަރު
  • ހދ. މާފަރު ފަރު 2: 200 ހެކްޓަރު
  • ހދ. މާފަރު ފަރު 3: 200 ހެކްޓަރު
  • ށ. ގޮނާ ފަރު 1: 200 ހެކްޓަރު
  • ށ. ގޮނާ ފަރު 2: 200 ހެކްޓަރު
  • ށ. ގޮނާ ފަރު 3: 200 ހެކްޓަރު

މި ފަޅުތަކުގައި ޓޫރިސްޓް ރިސޯޓުތައް ތަރައްގީކުރުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ 03 ފެބްރުއަރީ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށެވެ.

އޭގެ އިތުރުން ހަލާލް ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްގީ ކުރުން އިއުލާންކުރި ފަސް ތަނަކީ:

  • ހއ. ބީނާފުށި (2.21 ހެކްޓަރު) އަދި ކަނޑާލިފިނޮޅު (5.05 ހެކްޓަރު)
  • ހދ. މަކުނުދޫ ފަރު 1 - 200 ހެކްޓަރު
  • ށ. ފުރިފަރު - 4.34 ހެކްޓަރު
  • ލ. ފޮނަގާދޫ - 8.18 ހެކްޓަރު

ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ފަޅުތަކުގައި ރިސޯޓުތައް ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ވާރޗުއަލް ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ފުރަތަމަ ބައްދަލުވުން ޑިސެމްބަރު މަހުގެ 9ވަނަ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ބައްދަލުވުން އޮންނާނީ މިއަންނަ ޖަނަވަރީ މަހުގެ 6ވަަނަ ދުވަހު އެވެ.

ދިވެހިރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކޮށް އެކަން އެހެން ހަރުފަތަކަށް ގެންދަން އިންވެސްޓަރުންނަށް ގިނަ ލުއިތަކަކާ އެކު އެ ކަމަށް ހާއްސަ ރަށްތަކެއް ދޫކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޖޫން 27 ގައެވެ.

ހަލާލު ޓޫރިޒަމަށް ހާއްސަކޮށް ފަސް ރަށެއްގައި ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކުރިއިރު މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ވަނީ މީގެ ތެރެއިން ހަތަރު ރަށެއްގައި ހަލާލު ޓޫރިޒަމް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ. ބެލެވޭ ގޮތުގައި އެކަމަށް އަނެއްކާވެސް އިއުލާނުކޮށްފައި މި ވަނީ އެކަމަށް ތަރުހީބު ނުލިބިގެންނެވެ.

ކުރިން ވަނީ ތ. މާގުޅިގައި ވެސް ހަލާލު ޓޫރިޒަމް ތަރައްގީކުރަން ހުޅުވާލައިފަ އެވެ.

އިއުލާނުގައި ބުނީ ހަލާލު ޓޫރިޒަމްގެ ރަށްތަކުގައި ރަލާއި އޫރު މަހުގެ މުއާމަލާތްތައް ނުހިންގޭނެ ކަމަށާއި އެ ފަދަ ރަށްރަށުގައި ކެއުން ބުއިމުގައި ބޭނުން ކުރަން ޖެހޭނީ ވެސް ހަލާލު ކާބޯތަކެތި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް