ads
ސައުދީ ބެލެނިވެރިން
ބެލެނިވެރިންނަށް ސްކޫލުތަކަށް ވަދެވޭނީ އެޕޮއިންޓުމަންޓު ހަދައިގެން: ސައުދީ
ސައުދީ އަރަބިއްޔާގެ އެޑިއުކޭޝަން މިނިސްޓްރީން، އެގައުމުގެ ތައުލީމީ ދާއިރާ ޑިޖިޓަލްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދައުލަތުގެ ސްކޫލުތަކަށް ބެލެނިވެރިން ޒިޔާރަތް ކުރުމަށް އާ ނިޒާމެއް ތައާރަފުކޮށްފި އެވެ.
Advertisement

މި އާ އުސޫލުގެ ދަށުން، ބެލެނިވެރިންނަށް ސްކޫލަށް ޒިޔާރަތް ކުރެވޭނީ "މަދަރުސަތީ" ޕްލެޓްފޯމް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހައްދައިގެންނެވެ.

އާ އުސޫލުގެ ދަށުން، ކޮންމެ ބެލެނިވެރިއަކަށް ވެސް ހަފުތާއަކު އެއް ފަހަރު ސްކޫލަށް ޒިޔާރަތް ކުރުމަށް އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ. އެގޮތުން، ޒިޔާރަތަކީ ވަކި ބޭނުމެއްގައި ކުރާ ޒިޔާރަތަކަށް ވާންޖެހޭނެ ކަމަށާއި، ސްކޫލަށް ވަދެ ނުކުމެ އުޅުން ވެސް ޕްލެޓްފޯމުގައި ރެކޯޑު ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ބައްދަލުވުންތައް އޮންލައިންކޮށް ނުވަތަ ސްކޫލަށް ހާޒިރުވެގެން ވެސް ކުރިއަށް ގެންދެވޭނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ފިޔަވަޅަކީ ތައުލީމީ އިދާރީ ހިންގުން ޑިޖިޓަލްކޮށް، ސްކޫލުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. މި ބަދަލުގެ ސަބަބުން ސްކޫލުގެ ކަންކަން ބެލެހެއްޓުން އިތުރަށް ހަރުދަނާވެ، ބެލެނިވެރިންނާއި ސްކޫލާ ދެމެދު އޮންނަ ގުޅުން ވެސް ފަސޭހަވެގެންދާނެ ކަމަށް އެ ގައުމުން ދެކެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް