"ބީސްޓް ލޭންޑް" ގެ ނަން ދީފައިވާ މި ޕާކު ހުޅުވާފައި ވަނީ، އެގައުމުގެ ރިޔާޟްގައި މިހާރު ކުރިއަށްދާ "ރިޔާޟް ސީޒަން" ގެ ހަރަކާތްތަކާ ގުޅުވައިގެންނެވެ.
ބީސްޓް ލޭންޑް ފަރުމާކޮށްފައި ވަނީ މިސްޓަ ބީސްޓްގެ ވީޑިއޯތަކުން ފެންނަ ގޮންޖެހުން ބޮޑު އަދި އަގުބޮޑު އިނާމުތައް ލިބޭ ގޭމްތަކުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން މި ޕާކުގައި ތަފާތު ޗެލެންޖް ގޭމްތަކުގެ އިތުރުން ރޯލާ-ކޯސްޓާ ފަދަ މުނިފޫހިފިލުވުމުގެ ގިނަ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފަ އެވެ. މިއީ އޭނާގެ ކޮންޓެންޓަށް ލޯބިކުރާ ފަރާތްތަކަށް ވީޑިއޯތަކުން ފެންނަ ތަޖުރިބާތައް ހަގީގަތުގައި ކޮށްލުމަށް ލިބޭނެ ފުރުސަތެކެވެ.
މިސްޓަ ބީސްޓް ފަދަ އިންޓަނޭޝަނަލް ފެންވަރުގެ މަޝްހޫރު އިންފުލުއެންސަރަކު ސައުދީ އަރަބިއްޔާގައި މިފަދަ މަޝްރޫއެއް ފެށުމަކީ އެގައުމުން ޓޫރިޒަމާއި މުނިފޫހިފިލުވުމުގެ ދާއިރާ ތަރައްގީކުރުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. "ރިޔާޟް ސީޒަން" އަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ޓޫރިސްޓުން އެގައުމަށް ގެންނަ އިވެންޓަކަށް ވާއިރު، "ބީސްޓް ލޭންޑް" ގެ ސަބަބުން އިތުރު ބައެއްގެ ސަމާލުކަން އެގައުމަށް ލިބޭނެ ކަމަށް ބެލެވެ އެވެ.