14 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މިއަދު މާލޭ ސަރަހައްދާއި މާލެ ކައިރި ރަށްރަށުގައި ހިންގާ ބޮޑު ހަރަކާތް ފެށުމަށް ކޮންގްރެސް ޕާޓީގެ ހަރުގޭގައި މިއަދު ހެނދުނު ބައްދަލުވުމެއް ބާއްވައިފި އެވެ.
މި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަައި ދެއްކެވި ވާހަކަފުޅުގައި އަބްދުއްރަޙީމް ވިދާޅުވީ މި ޖަލްސާއަށް ރައްޔިތުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ކޮށްދެއްވި ހިދުމަތްތައް ގަބޫލުކޮށް އެކަންކަން ބަލައިގަންނާތީ ކަމަށެވެ.
އަބްދުއްރަހީމު ވިދާޅުވީ ހުކުރި ދުވަހުގެ ބާއްވާ ފޯރި ގަދަ ބޮޑު ޖަލްސާގެ ތެރެއިން ވެސް އުންމީދު އާވާނެ އިތުރު އެތައް ކަމެއް ރައީސް އިއުލާން ކުރައްވާނެ ކަށެވެ.
"އާ ރޫހަކާއެކު އާ ދިރުމަކާއެކު އާ މުސްތަގުބަލަކަށް އުންމީދުކޮށްގެން ރައްޔިތުން އަންނަނީ. ޔަގީންކަން އެބައޮތް ޕީއެންސީ ސަރުކާރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު އެބޭފުޅުން ބޭނުންވާ ތަރައްގީގެ މަންޒިލަށް ވާސިލުވެވޭނެކަން."
ޕީއެންސީން ޖަލްސާއެއް ބާއްވަން ތައްޔާރު ވަމުން އަންނައިރު، މި މަހު 17ގައި ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ޖަލްސާއެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން އަންނަނީ ތައްޔާރުވަމުންނެވެ.