ads
ފަރާހާން
ޝޫޓިން ސެޓްތަކުން އެކްޓަރުން ލޯބީގެ ގުޅުންތައް ބާއްވާ: ފަރާ
ބޮލީވުޑްގެ މަޝްހޫރު ފިލްމު މޭކަރު އަދި ކޮރިއޮގްރާފަރު ފަރާ ހާން، ފިލްމުތަކުގެ ޝޫޓިން ސެޓްތަކުގައި އެކްޓަރުންގެ މެދުގައި ލޯބީގެ ގުޅުންތައް އުފެދޭ ކަމަށް ބުނެފިއެވެ.
Advertisement

ފަރާ މިކަން ހާމަކޮށްފައިވަނީ މަޝްހޫރު އެކްޓަރުން ކަމަށްވާ ކާޖޮލް އާއި ޓުވިންކަލް ހުށަހަޅާ ޓޯކް ޝޯ "ޓޫ މަޗް ވިތް ކާޖޮލް އެންޑް ޓުވިންކަލް" ގައެވެ.

މި ޝޯގައި ވާހަކަ ދައްކަމުން ފަރާ ބުނީ، ގިނަ އެކްޓަރުން ޝޫޓިން ސެޓްތަކުގައި ލޯބީގެ ބާއްވާ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. މިއީ ބޮލީވުޑްގައި ގިނަބަޔަކު ތުންތުންމަތިން ދައްކާފައެވެ. ފަރާ ވަނީ މިކަމާ ގުޅޭގޮތުން އޭނާ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ހެކިވާކަމަށް ބުނެފައެވެ. 

ފަރާގެ މި ހާމަކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން މި މައުލޫއަށް ވަނީ ހުއްޓިފައެވެ. ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކަކީ އަބަދުވެސް އާންމުންގެ މެދުގައި ވަރަށް ހިނގާ ވާހަކަތަކެކެވެ. އެހެންކަމުން، ފަރާ ފަދަ ތަޖުރިބާކާރު ފަންނާނެއް މިފަދަ ވާހަކައެއް ދެއްކުމުން އެކަމަށް އާންމުންގެ އިތުރުން މީޑިއާތަކުންވެސް ދަނީ ވަރަށް ބޮޑު ސަމާލުކަމެއް ދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް