ads
ވީއާރު ޓެކްނޮލޮޖީ ބޭނުންކޮށްގެން ރަސޫލާގެ ޒަމާނުގެ މައްކާ އާއި މަދީނާ ބަލާލުމުގެ ފުރުސަތު
ވީއާރު ޓެކްނޮލޮޖީ ބޭނުންކޮށްގެން ރަސޫލާގެ ޒަމާނުގެ މައްކާ އާއި މަދީނާ ބަލާލުމުގެ ފުރުސަތު
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވާޗުއަލް ރިއަލިޓީ (ވީއާރު) ޓެކްނޮލޮޖީ ބޭނުންކޮށްގެން، މާތް ރަސޫލާގެ ޒަމާނުގެ މައްކާ އާއި މަދީނާގެ ތަފްސީލީ ތަސައްވުރެއް ދައްކާލައިފި އެވެ.
Advertisement

މި ތަޖުރިބާ ކޮށްލުމުގެ ފުރުސަތު މިހާރު ޝާޖާ އިންޓަނޭޝަނަލް ފޮތް މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ.

މި ވީއާރު ތަޖުރިބާގެ ތެރެއިން ބައިވެރިންނަށް އިސްލާމް ދީނުގެ އެންމެ މުގައްދަސް ދެ ސިޓީ ކަމަށްވާ މައްކާ އާއި މަދީނާ، ރަސޫލާގެ ދުވަސްވަރުގައި ފެންނާނެ ގޮތް ވަރަށް ކައިރިން ފެނިގެންދާނެ އެވެ. ވަރަށް ފުރިހަމަ ތަފްސީލުތަކާއެކު ތައްޔާރުކޮށްފައިވާ މި ވީއާރު އެކްސްޕީރިއަންސް އަކީ އެ ޒަމާނަށް ދަތުރުކޮށްލާ ފަދަ އިހުސާސެއް ގެނެސްދޭ ކަމެކެވެ.

މި ފަދަ ޒަމާނީ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން މިފަދަ ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ އިސްލާމީ ތާރީހާ މީހުން، ހާއްސަކޮށް ޒުވާން ޖީލު ގުޅުވާލުމެވެ. މިއީ ތައުލީމީ އަދި ރޫހާނީ ދަތުރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާއިރު، މިއީ އިސްލާމީ ތާރީހުގެ މުހިންމު ހާދިސާތައް ހިނގައިދިޔަ ތަންތަން އާދަޔާ ހިލާފު ގޮތަކަށް ދެކިލުމަށް ލިބޭ ފުރުސަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް