ads
ޝާހުރުކް ހާން
އިންޑިއާ މީހަކު ސޫދާނުގައި ކިޑްނެޕްކޮށް ޝާހުރުކް ހާން ދަނޭތޯ އަހައިފި
އިންޑިއާގެ އޮޑިޝާ ސްޓޭޓަށް ނިސްބަތްވާ މީހަކު ސޫދާނުން ކިޑްނެޕްކޮށްފިއެވެ.
Advertisement

ރިޕޯޓުތައް ބުނާ ގޮތުގައި، އުމުރުން 36 އަހަރުގެ އަދާރްޝް ބެހެރާ ކިޑްނެޕްކޮށްފައިވަނީ ސޫދާނުގައި ހަރަކާތްތެރިވާ އަސްކަރީ ބައެކެވެ.

އޭނާ ކިޑްނެޕްކުރުމަށްފަހު ވަނީ ޝާހުރުކް ހާން ދަންނަންތޯ ވެސް ސުވާލުކޮށްފައެވެ. 

މި ހާދިސާ ހިނގާފައިވަނީ ސޫދާނުގެ ވެރިރަށް ހާރްތޫމުން ގާތްގަނޑަކަށް 1000 ކިލޯމީޓަރު ދުރުގައި އޮންނަ އުތުރު ދާފޫރުގެ އަލް ފާޝިރު ސިޓީގައެވެ. ބެހެރާ ކިޑްނެޕްކޮށްފައިވަނީ ޕެރަމިލިޓަރީ ގްރޫޕެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އިންނެވެ. އޭނާ މިހާރު  ދާފޫރުގައި އޮންނަ ނިޔާލާ ސިޓީއަށް ގެންގޮސްފައިވާ ކަމަށް ބެލެވޭއިރު، އެއީ އާރްއެސްއެފްގެ ވަރުގަދަ ކެވެ.

އަދާރްޝް ބެހެރާގެ އާއިލާއިން ބުނި ގޮތުގައި، އޭނާ އަކީ 2022 ވަނަ އަހަރުން ފެށިގެން ސޫދާނުގެ ސުކަރާތީ ޕްލާސްޓިކް ފެކްޓްރީގައި މަސައްކަތް ކުރަމުން އައި މީހެކެވެ. ބެހެރާގެ އަންހެނުން ސުސްމީތާ އާއި އުމުރުން އަށަރު އަހަރާއި ހަތަރު އަހަރުގެ ދެ ފިރިހެން ދަރިން އޭނާގެ ހާލާމެދު ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް