ads
ބާރަށު ދާއިރާގެ މެންބަރު ޝުޖާއު
ރައްޔިތުން ބޭނުންވަނީ އެމްޑީޕީ ލޯގޯގައިވާ ކަހަލަ ތިލަފަތެއް ނޫން: ޝުޖާއު
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު, އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ
Advertisement

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ, ދިވެހި ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ލޯގޯގައިވާ ފަދަ ހަމަހަމަކަމެއް ނެތް, އެއްފަރާތަކަށް ބުރަވެފައިވާ ތިލަފަތެއް ނޫން ކަމަށެވެ.

ޝުޖާއު ވިދާޅުވީ އެމްޑީޕީގެ އަމަލުތަކާއި އެ ޕާޓީގެ ލޯގޯގައި ދައްކުވައިދޭ މަންޒަރާ ދިމާނުވާ ކަމަށާއި, އެ ޕާޓީގެ އަދުލު އިންސާފުގެ ނިޒާމު އޮތީ އެއްފަރާތަކަށް ބުރަވެފައި ކަމަށެވެ. "އެބޭފުޅުންގެ އަދުލު އިންސާފުވަނީ އެއްފަރާތައް ބުރަވެފައި. ބޭނުންވަނީ އެންމެ ނިކަމެތި މީހާއަށާއި އެންމެ މުއްސަނދި މީހާއަށްވެސް އިންސާފު ލިބުމަށް،" ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވަނީ ހެއްކާ ބެހޭ ގާނޫނު ޒަމާނާ އެއްގޮތަށް ބަދަލުކޮށް, އިތުރަށް ހަރުދަނާ ކުރަންޖެހޭކަން ވެސް ފާހަގަކުރައްވާފައެވެ.

މެމްބަރު އަހުމަދު އަސްލަމް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ މި ބިލުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ހެކީގެ އުސޫލުތަކާ ގުޅިގެން ދިމާވާ ދަތިތައް ހައްލުކުރުން ހިމެނެއެވެ. މީގެ އިތުރުން, ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ގާނޫނު ލާޒިމުކުރާ ހާލަތްތަކާ ގުޅިގެން ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަކީ ވެސް މި އިސްލާހުގެ މުހިންމު ބޭނުމެކެވެ. މި ބިލުން އިލެކްޓްރޯނިކް ހެއްކާއި ނޫސްވެރިކަމުގެ އިމްތިޔާޒާ ގުޅޭ އުސޫލުތަކަށް ވެސް މުހިންމު ބަދަލުތަކެއް އަންނާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް