ads
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
ޝަރުއީ ނިޒާމުގެ ހަގީގީ މައްސަލައަކީ މަޖިލިސް: ޒިޔާދު
ޝަރުއީ ނިޒާމަށް ދިމާވެފައިވާ އަސްލު މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ހެޔޮ ނިޔަތުގައި އިސްލާހީ މަސައްކަތްތައް ނުކުރުން ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
Advertisement

އޭނާ މިހެން ވިދާޅުވީ، ހެއްކާބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ޒިޔާދު ވިދާޅުވީ ގާނޫނުތަކަށް ޒަމާނީ ބަދަލުތައް ގެންނަން ޖެހުނު ނަމަވެސް، ޝަރުއީ ދާއިރާއަށް ބޭނުންވާ އަސާސީ އިސްލާހުތައް ނުގެނެވި ލަސްވަމުންދާ ކަމަށެވެ.

މެމްބަރު ޒިޔާދު ވަނީ ސަރުކާރަށްވެސް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުން ޝަރުއީ ދާއިރާ މިނިވަން ކުރާނެ ކަމަށް ވައުދުވި ނަމަވެސް، ކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ ކުރިއަށްދިޔަ ގޮތް އޭނާ ފާހަގަކުރެއްވިއެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ ވަކި ޕާޓީއެއްގެ ވާހަކަ ދައްކައިގެން ނުވަތަ ކޮންމެ ބަޔަކުވެސް އަމިއްލަ ފައިދާއަށް މަސައްކަތް ކުރުމުން މައްސަލަތަކަށް ހަގީގީ ހައްލެއް ނުލިބޭނެ ކަމަށާއި، ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމުގެ ބަހުސްތަކުންވެސް ފެންނަނީ އެ މަންޒަރު ކަމަށެވެ

.

ސަރުކާރުގެ ފަރާތުން ހެއްކާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅީ ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ދިމާވާ ދަތިތައް ހައްލުކުރުމަށާއި ނޫސްވެރިންގެ މަސްދަރު ހިމާޔަތްކުރުން ފަދަ ކަންކަމަށް ހައްލެއް ގެނައުމަށެވެ. މި ބިލުގައި އިލެކްޓްރޯނިކް ހެކި ފަދަ އާ ބާވަތުގެ ހެކިތަކާ ގުޅޭ އުސޫލުތައް ހިމަނާފައިވެއެވެ. ނަމަވެސް ޒިޔާދު ދެކެވަޑައިގަންނަވާ ގޮތުގައި، މިފަދަ ގާނޫނީ ބަދަލުތަކަކީ މުހިންމު ކަމެއް ނަމަވެސް، ޝަރުއީ ނިޒާމުގެ ބިންގަލުގައިވާ މައްސަލަތައް ހައްލުކުރެވޭނީ މަޖިލީހުގެ ތެރެއިން ހުރިހާ މެމްބަރުންވެސް ހެޔޮ ނިޔަތުގައި މަސައްކަތްކޮށްގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް