ads
މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް
ގާނޫނުގެ ތެރެއިން ކުށްވެރިން ސަލާމަތްވާ ހިސާބަށް ގޮސްފި: ނާޒިމް
ގާނޫނުގައި ހުރި މައްސަލަތަކުގެ ސަބަބުން ކުށްވެރިންނަށް ގާނޫނީ ނިޒާމުގެ ތެރެއިން ސަލާމަތްވެވެމުންދާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
Advertisement

ނާޒިމް މިހެން ވިދާޅުވީ ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.

ނާޒިމް ފާހަގަކުރެއްވި ގޮތުގައި ހެއްކާ ބެހޭ ގާނޫނުގައި ހުރި މައްސަލަތަކުގެ ސަބަބުން ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެއެވެ. ހާއްސަކޮށް ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުންތަކާ ގުޅިގެން އިލެކްޓްރޯނިކް ހެކި ބަލައިގަތުމާއި، ހެކި ރައްކާތެރިކަމާއެކު ގެންގުޅުމުގެ އުސޫލުތައް ގާނޫނުގެ ތެރެއިން ހަމަޖައްސަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާރުގެ ގާނޫނީ ސިސްޓަމްގެ ތެރެއިން ދޮގު ހެކި ސާބިތުކުރެވޭނެ ގޮތެއް ނެތުމަކީ އޭނާ ފާހަގަކުރެއްވި ބޮޑު ކަންބޮޑުވުމެކެވެ.

މިސާލެއްގެ ގޮތުން ނާޒިމް ފާހަގަކުރެއްވީ، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ދިން ހަމަލާގެ މައްސަލައެވެ. އެ މައްސަލައިގައި ތުހުމަތުކުރެވުނު ފަރާތްތައް މިނިވަންވީ ސީސީޓީވީ ފުޓޭޖު ހުރި ނަމަވެސް، އެ ފުޓޭޖުގެ ގަޑި ދިމާނުވުން ފަދަ ފަންނީ މައްސަލައަކުން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން، ގާނޫނުގެ ތެރެއިން ކުށްވެރިން ދެމިގަންނަ ބާގަނޑުތައް ބަންދުކޮށް، އިންސާފު ލިބުމަށް ހުރި ދަތިތައް ނައްތާލުމަށްޓަކައި ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް