އެ ގްރޫޕްގެ މެމްބަރުން މި އަހަރުގެ ތެރޭގައި އަސްކަރީ ހިދުމަތް ނިންމާލުމަށްފަހު، ގްރޫޕެއްގެ ގޮތުގައި އެނބުރި އަންނާނެ ކަމަށް ބެލެވެނީ 2026 ވަނަ އަހަރުގައެވެ.
ކޮރެއާގެ ގާނޫނު ، ބީޓީއެސްގެ ހަތް މެމްބަރުންވެސް އަންނަނީ އެކި އަސްކަރީ ހިދުމަތް ފުރިހަމަ ކުރަމުންނެވެ. ގިނަ މެމްބަރުންގެ ހިދުމަތް މި އަހަރު ނިމޭނެ ކަމަށް ރިޕޯޓުތައް ބުނާއިރު، މުޅި ދުނިޔޭގައި ތިބި އެތައް މިލިއަން ފޭނުން ތިބީ ގްރޫޕް އެއްކޮށް އެނބުރި އަންނާނެ ދުވަހަކަށް ކެތްމަދުވެފައެވެ.
ބީޓީއެސްގެ މެމްބަރުން ވަކިވަކިން އަސްކަރީ ހިދުމަތަށް ދިއުމުގެ ކުރިންވެސް ގިނަ މަސައްކަތްތަކެއް ވަނީ ރިލީޒްކޮށްފައެވެ. އެހެންކަމުން، 2025 ނުވަތަ 2026 ގައި ގްރޫޕް އެއްކޮށް އެނބުރި އައުމުން، މިއުޒިކް ދުނިޔެއަށް އަނެއްކާވެސް އާ އިންގިލާބެއް ގެންނާނެ ކަމަށް ފޭނުން ގަބޫލުކުރެއެވެ.