ads
ބަންކަރިން ހިދުމަތް ދޭން ތެޔޮ ބޯޓާއި ކާބޯ ބޯޓާ ކައިރިކޮށްފައި -- ފޮޓޯ: އެމްޕީއެލް
ބަންކަރިންއިން އަދި ލިބުނީ 12 މިލިއަން ޑޮލަރު: ސައީދު
ބަންކަރިން ހިދުމަތް ދޭން ފެށިތާ އަހަރެއް ތެރޭ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 192 މިލިއަން ރުފިޔާ ނުވަތަ 12 މިލިއަން ޑޮލަރު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަންކަރިން ހިދުމަތުން 192.1 މިިލިއަން ރުފިޔާ ލިބުނު އިރު ޓެކުހުގެ ގޮތުގައި ދައުލަތަށް 17.3 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

ބަންކަރިން ހިދުމަތުން އާގުބޯޓުފަހަރަށް ވިއްކި ފިއުލްގެ ބޮޑު ބަޔަކީ ރާއްޖެ އިން ކުރިން ނުވިއްކާ ބާވަތެއް ކަމަށްވާ ލޯ ސަލްފާ ފިއުލް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ސެޕްޓެމްބަރު މަހު 2024 ގައި އިންޓަނޭޝަނަލް ބަންކަރިންގެ މަސައްކަތް ފެށީ. މިހާ ހިސާބަށް 192،149،939 ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެސްޓީއޯގެ ހިސާބުތަކުން، އަޅުގަނޑުމެނަށް ފޯރުކޮށްދީފައިވާ މައުލޫމާތުން އެބަ ހާމަވޭ، " ސައީދު ވިދާޅުވި އެވެ.

ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ 19 ސެޕްޓެންބަރުގަ އެވެ. އެ ހިދުމަތް އެސްޓީއޯއިން ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް'އާ ގުޅިގެންނެވެ.

ބަންކަރިން ހިދުމަތް ފަށަން އުޅުނު ދުވަސްވަރު މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ގޮތުގައި، އެ ހިދުމަތުން ރާއްޖެ އަށް އަހަރަކު 400 މިލިޔަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް