ads
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ޑިވެލޮޕްމެންޓް ބޭންކުގެ މަސައްކަތް ބާރަށް ކުރިއަށް އެބަ ދޭ: ސައީދު
ސަރުކާރުން އަލަށް އުފެއްދި ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ އަމަލީ މަސައްކަތް އަދި ނުފެށި އޮތް ނަމަވެސް އެ ބޭންކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުަހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭރުގެ އިންވެސްޓްމަންޓުތައް ހޯދުމަށް ޑީބީއެމް އުފައްދައި އެ ތަން އޮޕަރޭޝަނަށް ގެންނާނެ ގިނަ ތާރީހުތައް މިހާތަނަށް ދިން ނަމަވެސް، އެ ބޭންކުގެ މަސައްކަތްތައް ފަށާފައެއް ނުވެ އެވެ. 

ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ، ޑީބީއެމްއަކީ އެކައުންޓްތައް ހުޅުވައި ފައިސާ ނަގާ ފަދަ ބޭންކެއްނޫން ކަމަށެވެ.

އެ ބޭންކަކީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދައިގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެކުލަވާލި މުހިންމު ބޭންކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑުމެން އަންދާޒާކުރި ގޮތަށް ކުރިއަށް އެބަދޭ، ވަރަށް ބާރު ސްޕީޑުގަ އެބަދޭ،" ސައީދު ވިދާޅުވި އެވެ.

ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ އަހަރުގެ މޭ މަހު އެވެ. އޭގެ ފަހުން ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެ ތަނުގެ ރަސްމީ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައެއްނުވެ އެވެ. އެ ތަން ހިންގުމަށް ބޭނުންވާ ލައިސަންސް މަރުކަޒީ ބޭންކުން ދޫކުރީ މިދިޔަ އަހަރުގެ 16 އޮކްޓޯބަރުގަ އެވެ. 

ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް