ads
މިނިސްޓަރު ސައީދު މިއަދު މަޖިލީސް ތެރެއިން
ކުރީ ސަރުކާރުގައި މަހުގެ ޓެރިފް ކުޑަކުރިކަން ފެންނާކަށް ނެތް: މިނިސްޓަރު ސައީދު
އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑު މަހަށް ނަގަމުންދާ ޑިއުޓީ ކުޑަކޮށްދީފައިވާކަމަށް ކުރީގެ ސަރުކާރުން ބުނިނަމަވެސް އެކަން ކޮށްފައިނުވާކަމަށް އިކޮނޮމިކްސް އެންޑް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ސައީދު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި، އެކަމާއި ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިނގިރޭސިވިލާތާއި ރާއްޖެއާ ދެމުދު މިއަހަރު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަމަލުކުރަން ނިންމާފައިވާއިރު އެ މަސައްކަތް އޮތީ ކޮން މަރުހަލާއެއްގައި ތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މިނިސްޓަރު މުހައްމަދު ސައީދު އާއި ސުވާލު ކުރައްވާފައި އެވެ. 

އެ ސުވާލަށް ޖަވާބު ސައީދު ވަނީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަތައް ފަށާފައިވަނީ 2016 ވަނަ އަހަރު ކަމަށް ވިދާޅުވެފަ އެވެ.

އޭރު އެ މަޝްވަރާތައް ފެށިފައިވަނީ އިނގިރޭސިވިލާތް ޔޫރަޕުގެ އިއްތިހާދުން ވަކިވުމާއެކުކަމަށް ސައީދު ފާހަގަ ކުރެއްވި އެވެ.

އެކަމާ ގުޅޭގޮތުން ފުރަތަމަ ސިޓީ އެއް ފޮނުވާފައިވަނީ 16 އޮކްޓޯބަރ 2016 ގައި އޭރުގެ އިކޮނޮމިކްސް މިނިސްޓްރީން ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ. އޭރުގެ އިކޮނޮމިކްސް މިނިސްޓަރަކަށް ހުންނެވީ މިހާރުގެ މިނިސްޓަރު މުހައްމަދު ސައީދު އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމުތަކުން ރާއްޖެއަށް ލިބޭ ޓެރިފްތައް ކުޑަކުރުމަށް ނުވަތަ ރާއްޖެއަށް އެންމެ ފައިދާވާ މިންވަރަކަށް ބަދަލުކުރުމަށް ސަރުކާރުން އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ" ސައީދު ފާހަގަ ކުރެއްވި އެވެ.

ނިމިދިޔަ ސަރުކާރުގައި އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު މަޝްވަރާކޮށްގެން، މަހުންނަގަމުން ދިޔަ ޓެރިފް ކުޑަކުރިކަމަށް މެންބަރު މީކާއިލް ވިދާޅުވެފައި ވުމުން، މިނިސްޓަރު ވިދާޅުވީ އެ ބަދަލަކީ ސަރުކާރަކާއެކު ކުރެވުނު މަޝްވަރާއަކާއި ގުޅިފައިވާކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މެންބަރު މީކާއިލް ސުވާލުގައި މިއަހަރު އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށަން ހަމަޖެހިފައިވާކަން ފާހަގަކުރައްވާފައި އޮތުމުން، އެކަމަށް އިޝާރާތް ކުރައްވާ ސައީދު ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި އެ ވާހަކަތަކުގެ އަސާސް ހިއްސާކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް