ads
ބައްސާމް އަދީލް ޖަލީލް
ޖަލު ހުކުމުގައި ހުރި ބައްސާމް މިއަދު ކޯޓަށް ހާޒިރުކުރަނީ
އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވީ މައްސަލައިގައި މިހާރު ޖަލުގައި ހުރި އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް ޖަލީލް، އެހެން މައްސަލައެއްގައި މިއަދު ކޯޓަށް ހާޒިރުކުރަން ތާވަލުކޮށްފިއެވެ.
Advertisement

ޚިޔާނާތުގެ ދައުވާއެއް ސާބިތުވެ، މިދިޔަ ހަފުތާގައި ބައްސާމްވަނީ ހަތަރު އަހަރަށް ޖަލަށްލާފައެވެ. 

މިއަދު ބައްސާމް ކޯޓަށް ހާޒިރުކުރަނީ އެފްއޭއެމްގެ ހިޔާނާތާއި ގުޅޭ އެހެން ދެ މައްސަލައެއްގައެވެ. އެއީ އެފްއޭއެމަށް އެކި ފަރާތްތަކަށް ދިން ފައިސާއަށް ހިޔާނަތްތެރިވެ، މަނީ ލޯންޑަރ ކުރިކަމުގެ ތުހުމަތު ކުރެވޭ އެ އިދާރާގެ ކުރީގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެ އިދާރާގެ އެކި މަގާމްތައް އަދާކުރި ހަސަން ވަހީދުގެ މައްޗަށް ކުރާ ދައުވާތަކާއެކު ކުރިއަށްދާ މައްސަލައެވެ. 

މިހާރު ޝަރިއަތް ފެށިފައިވާ މި މައްސަލަތަކުގެ އިތުރުން އެހެން މައްސަލައެއްވެސް ހުކުމާ ހިސާބުގައި އެބައޮތެވެ.

މިއަދު އޮންނަ މައްސަލައަކީ، އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއުއިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 1,200,000 ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ މައްސަލައާއި އެ މައްސަލައާއި ގުޅޭ މަނީ ލޯންޑްރިންގެ މައްސަލައެވެ. މި ދެ މައްސަލައިގެ ތެރެއިން، ޚިޔާނާތުގެ މައްސަލަ ސާބިތުވެއްޖެނަމަ، ބައްސާމްގެ މައްޗަށް މަދުވެގެން އިތުރު އެއް އަހަރާއި ހަތް މަހުގެ ހުކުމެއް އަންނާނެއެވެ. 

މަނީ ލޯންޑްރިންގެ މައްސަލަ ސާބިތުވެއްޖެނަމަ، ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ހުކުމަކާއެކު ބޮޑު ޖޫރިމަނާއެއް ވެސް އަންނާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް