ads
އުރީދޫގެ ބޮޑު އިނާމު: ދެ މީހަކަށް ހައްޖު ދަތުރެއް
އުރީދޫގެ ބޮޑު އިނާމު: ދެ މީހަކަށް ހައްޖު ދަތުރެއް
އުރީދޫ މޯލްޑިވްސް އަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފަށާފައިވާ "ލިވް އަންލިމިޓަޑް" ކެމްޕެއިންގެ އެންމެ ބޮޑު އިނާމުގެ ގޮތުގައި ދެ މީހަކަށް ހައްޖުގެ ދަތުރެއް ހުށަހަޅައިފި އެވެ.
Advertisement

އުރީދޫއިން ބުނި ގޮތުގައި، މި ފުރުސަތު އެ ކުންފުނީގެ މިހާރުގެ ކަސްޓަމަރުންގެ އިތުރުން އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ހުޅުވާލާފައިވެ އެވެ.

މިދިޔަ އެޕްރީލް މަހު ފެށި މި ކެމްޕެއިންގެ ދަށުން މިހާތަނަށް އަށް ކަސްޓަމަރަކަށް ވަނީ އުމްރާ ދަތުރު ލިބިފަ އެވެ. އަދި ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު ދެމުން އަންނަ ކަމަށް އުރީދޫއިން ބުނެ އެވެ. މި ކެމްޕެއިނަކީ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އުރީދޫގެ އާއިލާއަށް އާ މެމްބަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، މި ކެމްޕެއިންގެ މައިގަނޑު އަމާޒަކީ އުރީދޫގެ މިހާރުގެ އަދި އާ ކަސްޓަމަރުންގެ އަގު ވަޒަންކުރުން ކަމަށެވެ. އަދި ޓެކްނޮލޮޖީ އާއި ކަނެކްޓިވިޓީ މެދުވެރިކޮށް ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދެވިދާނެކަން މި ކެމްޕެއިނުން ދައްކުވައިދޭ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ. އުރީދޫން އަބަދުވެސް މަސައްކަތް ކުރަނީ ހަމައެކަނި ހިދުމަތް ދިނުމުގެ ބަދަލުގައި، ކަސްޓަމަރުންގެ ދިރިއުޅުމަށް ފައިދާހުރި ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް