ads
ޖަސްޓިސް ބިލްޑިން
ޖިންސީ ގޯނާގެ 3 މައްސަލައެއް ދައުލަތުން އަނބުރާ ގެންގޮސްފި
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދައުލަތުން އުފުލާފައިވާ ތިން ދައުވާއެއް އަނބުރާ ގެންގޮސްފި އެވެ.
Advertisement

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދައުލަތުން އުފުލާފައިވާ ތިން ދައުވާއެއް އަނބުރާ ގެންގޮސްފި އެވެ. މި މައްސަލަތަކަކީ ދަށު ކޯޓުން ކުށް ސާބިތު ނުވާ ކަމަށް ކަނޑައެޅުމުން، ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަތަކެކެވެ. ދައުލަތުން އަނބުރާ ގެންގޮސްފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދެ މައްސަލައަކާއި، އާއިލާގެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

ދައުލަތުން މި މައްސަލަތައް އަނބުރާ ގެންދިޔައީ، ހާދިސާތައް ހިނގި ފަހުން ގިނަ އަހަރުތަކެއް ވެފައިވާތީ އާއި، ހައި ކޯޓުގައި ވެސް މައްސަލަތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާތީ ކަމަށް ބުންޏެވެ. ހައި ކޯޓުގެ ނިންމުމުގައިވާ ގޮތުން، ދައުލަތުން ހުށަހެޅި ސިޓީތަކުގައި، މީގެ ތެރެއިން ދެ މައްސަލައެއްގައި އަނިޔާ ލިބުނު ކުޑަކުދިންގެ އާއިލާތަކުން އިތުރަށް މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

މި މައްސަލަތަކަކީ ކުރިން ދަށު ކޯޓުން ބެލުމަށް ފަހު، ދައުވާ ސާބިތު ނުވާ ކަމަށް ހުކުމްކޮށްފައިވާ މައްސަލަތަކެކެވެ. ނަމަވެސް ދައުލަތުން އެ ހުކުމްތައް އިސްތިއުނާފު ކުރި އެވެ. މިހާރު ދައުލަތުން އެ މައްސަލަތައް އަނބުރާ ގެންދަން އެދުމުން، ހައި ކޯޓުން ވަނީ އެ ތިން މައްސަލަ ވެސް ބާތިލްކޮށް، ނިންމާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް