ads
އައިޖީއެމްއެޗް ހޮސްޕިޓަލް
ޑޮކްޓަރުން 65 އަހަރުގައި ގެއަށް ފޮނުވާލުމަކީ ހިތާމަވެރި ކަމެއް: އިބްރާހިމް ހުސެން
ޑޮކްޓަރުން ފަދަ ތަޖުރިބާކާރު ޕްރޮފެޝަނަލުން އުމުރުން 65 އަހަރުގައި މަސައްކަތުން ވަކިކުރަން ޖެހުމަކީ ވަރަށް ހިތާމަވެރި އަދި ގައުމަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެން ވިދާޅުވެއްޖެއެވެ.
Advertisement

އޭނާ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރީއެމްޕްލޯއިމަންޓު ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބިލަކީ 65 އަހަރުން މަތީގެ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ހުށަހަޅާފައިވާ ބިލެކެވެ.

އިބްރާހިމް ހުސެން ވަނީ ޑޮކްޓަރުންގެ މިސާލު ނަންގަވައި އެފަދަ ބޭފުޅުން އެތައް އަހަރެއް ވަންދެން ކިޔަވައި، ސްޕެޝަލައިޒްވެ، "ޕްރޮފެސަރެއްގެ" ދަރަޖައަށް ދާއިރު އުމުރުން 65 އަހަރު ވެފައި ހުންނަ ކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއީ އެ ބޭފުޅުންގެ ހިދުމަތް ގައުމަށް އެންމެ ބޭނުންތެރިވާ ވަގުތު ކަމަށާއި، އެ ހިސާބުން އެ މީހުން ގެއަށް ފޮނުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން، އޭނާ ވަނީ މިފަދަ މުހިންމު ބިލެއް ހުށަހެޅުއްވީތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ.

ސަރުކާރުން ހުށަހަޅާފައިވާ ރީއެމްޕްލޯއިމަންޓު ބިލު ގާނޫނަކަށްވުމުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އުމުރުން 75 އަހަރު ފުރުމާ ހަމައަށް ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި ބިލު ގާނޫނަކަށްވުމުގެ ހަތް އަހަރު ކުރިން އުމުރު ހަމަވެގެން ވަޒީފާއިން ވަކިވެފައިވާ މީހުންނަށް ވެސް އަލުން ވަޒީފާއަށް އެދުމުގެ ފުރުސަތު މި ބިލުން ހުޅުވާލައެވެ. ރާއްޖޭގައި މިހާރު އަމަލުކުރާ ގާނޫނު ބުނާ ގޮތުން ރިޓަޔާކުރަން ޖެހޭ އުމުރަކީ 65 އަހަރެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް