ads
މަރާލި ފަނޑިޔާރު
ފަނޑިޔާރެއް ގަޔަށް ބަޑިޖަހާ މަރާލުމަށް ފަހު ފިލި މީހަކު ހައްޔަރުކޮށްފި
އަލްބޭނިއާގެ ކޯޓެއްގެ ތެރޭގައި ސަރީއްޔަތެއް ކުރިޔަށް ދަނިކޮށް އެ ސަރީއްޔަތް ހިންގި ފަންޑިޔާރު ގަޔަށް ބަޑި ޖަހާ މަރާލުމަށް ފިލި މީހަކު ހައްޔަރުކޮށްފި ކަމަށް އެ ގައުމުގެ ކަމާ ގުޅޭ އިދާރާތަކުން ބުނެފި އެވެ.
Advertisement

އެ ގައުމުގެ ފުލުހުން ބުނާ ގޮތުގައި އެ ހަމަލާގައި މަރުވެފައިވަނީ ޖަޖް އެސްޓްރިޓް ކެލާޖާ ނަމަކަށް ކިޔާ ފަނޑިޔާރެއް ކަމުގަ އެވެ. 

އެ އިދާރާއިން ބުނާ ގޮތުގައި މި ހަމަލާ ދިން 30 އަހަރުގެ މީހާ ވަނީ ފަނޑިޔާރު ގެ އިތުރުން އެ ސަރީއަތުގެ މަޖިލީހުގައި ތިބި ބައްޕަ އަކާއި ދަރިފުޅެއް ގަޔަށް ބަޑި ޖަހާ ޒަހަމް ކޮށްލާފައި ކަމަށެވެ. ނަމަވެސް އެ ދެ މީހުންނައް ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެ ގައުމުގެ ހަބަރު ފަތުރާ ވަސީލަތް ތަކުން ބުނެ އެވެ. 

މި ހާދިސާ އާއި އެ ގައުމުގެ ބޮޑު ވަޒީރު އެޑީ ރަމާ ވިދާޅުވީ މިއީ ވަރަށް ހިތާމަވެރި ހާދިސާ އެއް ކަމަށާއި މިކަމުންވެސް އެނގިގެން ދަނީ އެ ގައުމުގެ ކޯޓުތަކުގެ ސެކިއުރިޓީގެ ފެންވަރު ދަށް ކަންކަމުގަ އެވެ. 

"މި ހަމަލާދިން މީހާ އާއި ދެކޮޅަށް އެޅެން އޮތް އެންމެ ވަރުގަދަ ފިޔަވަޅު އަޅަން ކަމާ ގުޅުން ހުރި އިދާރާތަކުގައި ވާނީ އެދިފައި. މި ފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅަން ނިންމާފައިވަނީ" އެޑީ ވިދާޅުވި އެވެ.

އަލްބޭނިއާގެ ވެރިރަށް ޓިރާނާގައި ހިނގި މިހާދިސާ ހިންގާފައިވަނީ ބަޑިން ހަމަލާދިން މީހާގެ ސަރީއަތް ކުރިޔަށް ދަނިކޮންނެވެ. 

މިއަހަރުގެ ތެރޭގައި އެކަނިވެސް އެ ގައުމުގައި 213 ބަޑި ޖެހުމުގެ މައްސަލަ ކަމާއި ގުޅުން ހުރި އިދާރާތަކަށް ލިބި ތަހުގީގު ކޮށްފައިވާ ކަމަށް އެ އިދާރާތަކުން ބުނެ އެވެ. 

އެ ގައުމުގެ ގާނޫނުގައި ބުނާ ގޮތުން ބަޑި ގެންގުޅުމަކީ ގާނޫނާއި ހިލާފަކަމެއް ކަމަށާއި ބަޑި ގެންގުޅުން ކަން ސާބިތު ވެއްޖެ ނަމަ 3 އަހަރަށް ޖަލަށް ލެވިގެންދާނެ ކަމަށް އެ ގައުމުގެ ހަބަރު ފަތުރާ ވާސީލަތްތަކުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް