
މިދިޔަ ސަރުކާރުގެ ހައުސިން ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި ފްލެޓް ކޮމެޓީގެ މެމްބަރު މުހައްމަދު އާރިފް
ފްލެޓް މައްސަލާގައި އަކްރަމާއި އިތުރު 3 މީހަކަށް ދައުވާކޮށްފި
މުހައްމަދު އާދަމް އަހްމަދު
18 ސެޕްޓެމްބަރ 2025 - 12:22:11
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް ޝަރުތު ހަމަނުވާ ބަޔަކު ޝަރުތުހަމަވާ ކަމަށް ނިންމައި، ފުލެޓު ލިބޭ މީހުންގެ ލިސްޓުގައި ހިމެނި ކަމަށް ތުހުމަތުވާ މައްސަލައިގައި މިދިޔަ ސަރުކާރުގައި ހައުސިންގެ ނައިބު އަކްރަމް ކަމާލުއްދީނާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މ ބުނީ، މި މައްސަލައިގައި ޖުމުލަ ހަތަރު މީހެއްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ މި މަހު 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ކަމަށެވެ.
ދައުވާ އުފުލި މީހުން
- އަކްރަމް ކަމާލުއްދީން / ހައުސިން ސްޓޭޓް މިނިސްޓަރު
- މުހައްމަދު އާރިފް / ހައުސިންގެ ސީނިއާ އެގްޒެކެޓިވް
- ލިރުގާމް ވަހީދު / ހައުސިންގެ ސީނިއާ އެގްޒެކެޓިވް
- އަހްމަދު ވިޝާން ނަސީމް / ޑިރެކްޓަރު ޖެނެރަލް
ހަތަރު މީހުންގެ މައްޗަށްވެސް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި، އެހެން އިތުރު ކުށްތައް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެކުށްތައް ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރަމުން އަންނަކަމަށް އޭސީސީން ބުނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް