
ފިނޭންސް މިނިސްޓްރީން އިންޑިއާ ޓީމާ އިއްޔެ ބައްދަލުކުރުމުގެ ތެރެއިން
އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އަނެއްކާވެސް ފަސްކޮށްދީފި
މުހައްމަދު އާދަމް އަހްމަދު
18 ސެޕްޓެމްބަރ 2025 - 11:51:56
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބިލްގެ ތެރެއިން، މި މަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރުވެސް އަނބުރާ ދެއްކުން އިންޑިއާއިން އަނެއްކާވެސް ފަސްކޮށްދީފިއެވެ.
އެ ޓީބިލަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި 2019 ގައި ސަރުކާރުން އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް ނެގި 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ އަދަދެކެވެ.
އެ ޓީބިލް ދައްކަން އޮތީ މިއަދުގެ ނިޔަލަށެވެ. މި ޓީބިލް ފަސްކުރުމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އިއްޔެ ވަނީ ބައްދަލުކުރައްވާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް