ads
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް: ފައިލް ފޮޓޯ
ހުވާނުކުރާކަމަށް ބުނި ފުލުސްމީހާގެ މައްސަލަ ބާތިލުކޮށްފި
ފުލުހުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވިޔަސް، ހުވާ ނުކުރާ ކަމަށް ބުނި ފުލުހުންގެ ކޮންސްޓްބިއުލަރީ ފުލުސް މީހާ އަލުން ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނިކޮށް، އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަމިއްލައަށް އެދިގެން ބާތިލުކޮށްފިއެވެ.
Advertisement

ފުލުހުންގެ ވަޒީފާގައި ހުއްޓާ ހައްޔަރުކުރީ ގދ.ތިނަދޫ، ދަފްތަރު ނަންބަރު 47، މުޙައްމަދު ސާޖިދު އަހުމަދުއެވެ. އޭނާ ގދ. ތިނަދޫން ހައްޔަރުކުރީ ވޭޕް ވިއްކާކަމުގެ މައުލޫމާތު ލިބިގެން އޭނާ ދިރިއުޅޭ ގެ އާއި ސައިކަލު ފާސްކުރިއިރު މަސްތުވާތަކެތި ފެނުމުންނެވެ. އެހެންނަމަވެސް ބަންދުގެ މަޖިލިހަށް ގެންދިޔުމުން ތިނަދޫ ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.  ދަށު ކޯޓުގެ ނިންމުން ދައުލަތުން ހައިކޯޓްގެ އިސްތިއުނާފުކުރުން އެ ފުލުސް މީހާ ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާ ހައިކޯޓުން ވަނީ ތިނަދޫ ކޯޓްގެ ހުކުމް ބާތިލުކޮށްފައެވެ. އަދި ސާޖިދު އަހްމަދުގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ފުލުހުންގެ ހުށަހަޅައިފިނަމަ، ދެ ދުވަސްތެރޭގައި އެކަމާމެދު އަލުން ގޮތެއް ނިންމުމަށް އަންގާފައެވެ.   ހައިކޯޓުގެ ނިންމުން ސާޖިދުގެ ފަރާރުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތުމަށް ފަހު، އޭނާ އަމިއްލައަށް އެދިގެން މިހާރުވަނީ މައްސަލަ ނަގައިފައެވެ.

ފުލުހުން ބުނީ ހައިކޯޓުގެ އެ ނިންމުމާއި އެކު މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން އެ ފުލުސް މިހާ އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން 20 ދުވަހަށް މުއްދަތަށް ބަންދުކުރުމަށް ތިނަދޫ ކޯޓުން އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި ފުލުސް މިހާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާކުރުމަށް ވެސް ވަނީ މިދިޔަ މަހުގެ 21ގައި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފައިވާކަމަވސް ފުލުހުން ވަނީ ބުނެފައެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް