ads
އެބަސްވުމުގައި ސޮއި ކުރުމުގެތެރެއިން
‎އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ބާސެލޯ ނަސަންދުރާއިން ހާއްސަ އޮފާތަކެއް
‎އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ބާސެލޯ ނަސަންދުރާއިން ހާއްސަ އޮފާތަކެއް ހުޅުވާލައިފި އެވެ.
Advertisement

އުރީދޫ އިން ނެރުން ނޫސް ބަޔާނެއްގައިވާގޮތުން އުރީދޫ ކްލަބް ޕްރިމިއާގެ އާ ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރަ އަށް މަރުޙަބާ ކިޔާކަމަށާއި މި ޕާޓްނާޝިޕާއެކު އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް މާލޭގެ އެންމެ މަޝްހޫރު އެއް ހޮޓެލްއިން ކެއުންތަކާއި އިވެންޓްތައް ބޭއްވުމުގައި ވަރަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށެވެ. 

މި ޕާޓްނަރޝިޕްގެ ތެރެއިން، ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއްގެ ދަށުން، އަމިއްލަ އިވެންޓްތަކަށް ބާސެލޯސް ބުކްކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެކަމަށާއި ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ބާސެލޯސްގެ އެންމެ މަގްބޫލު އައުޓްލެޓްތަކުން %10 އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ފާހަގަ ކުރަމުން އުރީދޫ އިން ބުނީ މި ޑިސްކައުންޓް ލިބޭ ތަންތަނުގެ ތެރޭގައި އަލިމަސް ކެފޭ އެންޑް ލައުންޖް، ބީ-ހެވަން، އަދި އޮއިވަރު ރެސްޓޯރަންޓް ހިމެނޭ ކަމަށެވެ. 

"އުރީދޫ ކްލަބް ޕްރިމިއާގެ އެންމެ އައު ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރައަށް އަޅުގަނޑުމެން ވަރަށް އުފަލާއެކު މަރުޙަބާ ކިޔަން މި ޕާޓްނަރޝިޕާއެކު އުރީދޫގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ބާސެލޯ ނަސަންދުރާ އިން ހާއްސަ އިނާޔަތްތަކެއް ލިބިގެންދާނެ. އުރީދޫގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް އުރީދޫއިން ދެމުންދާ ހާއްސަ ސާވިސްގެ އިތުރުން ޕްރިމިއަމް ޕާޓްރަނުންނާއިއެކު އިތުރު ފުރިހަމަ ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަބަދުވެސް މިދަނީ މަސައްކަތް ކުރަމުން" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހުސެއިން ނިޔާޒް ވިދާޅުވި އެވެ.

މި އެއްބަސް ވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން ބާސެލޯ ނަސަންދުރަ މާލޭގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އެންރިކް ރެއިނާ ވިދާޅުވީ އުރީދޫ މޯލްޑިވްސް ކްލަބް ޕްރިމިއަރ ޕްރޮގްރާމްގެ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށާއި ބާސެލޯ ނަސަންދުރަ މާލެއިން އުރީދޫގެ ޕްރިމިއަމް ކަސްޓަމަރުންނަށް ހާއްސަ އިނާޔަތްތަކެއް ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. 

your imageއެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން

މި ޕާޓްނާޝިޕަކީ އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ ތަޖުރިބާތަކާއި ޕްރިމިއަމް މަންފާތައް ރާއްޖޭގައި ފޯރުކޮށްދީ، ދިރިއުޅުމަށް އިތުރު ފުރިހަމަކަމެެއް ގެނެސްދިނުމަށް އަބަދުވެސް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެކެވެ.

‎އުރީދޫ ކްލަބް ޕްރިމިއާއަކީ އުރީދޫގެ އެންމެ ވަފާތެރި ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުފައްދާފައިވާ ލޯޔަލްޓީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ގިނަ އަދަދެއްގެ ޚާއްޞަ އިނާޔަތްތަކާއި، ޑިސްކައުންޓްތަކާއި، ތަޖުރިބާތައް ކަސްޓަމަރުންނަށް ލިބިގެންދެ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް