ads
ބޮޑުވަޒީރު މޯދީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވަނީ
ރައީސް މުއިއްޒުގެ ފަރާތުން މޯދީއަށް އުފަންދުވަހުގެ ތަހުނިޔާ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެމަނިކުފާނަށް އުފަންދުވަހުގެ ތަހުނިޔާ ރައީސް މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
Advertisement

ދިވެހި ހާރިއްޖިއްޔާގެ އެކްސްގައިވާ ޕޯސްޓެއްގައި ބުނީ މޯދީ 75 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ހޫނު ތަހުނިޔާ ފޮނުއްވާކަމަށެވެ. އަދި ސަރަހައްދީ ގުޅުންތައް ވަރުގަދަކޮށް ބައިނަލްއަގްވާމީ މައިދާނުގައި މޯދީ އާދާކުރައްވާ އިސް ދައުރަށްވެސް ރައީސް މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

މީގެއިތުރުން ރައީސް ވަނީ ރާއްޖެއާ އިންޑިއާ ދެމެދު އޮތް އެކުވެރި ގާތްގުޅުން އެގޮތުގައި އޮންނާނެކަންވެސް ކަށަވަރުކޮށްދެއްވާފައެވެ. 

ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭރު ގައުމެއްގެ އިސްވެރިއަކު ރާއްޖެ އަށް ކުރައްވި ފުރަތަމަ ދަތުރުފުޅުގެ ގޮތުގައި މޯދީ ވަނީ މިދިޔަ ޖުލައި މަހުގެ 25 ވަނަދުވަހު ރާއްޖެ ވަަޑައިގެންފައެވެ. އަދި މިނިވަންދުވަހުގެ ބައެއް ރަސްމިއްޔާތުތަކުގައިވެސް އެމަނިކުފާނު ވަނީ ބައިވެރިވެޑައިގެންފައެވެ. 









0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް