ads
ކައިވެނި ހަފްލާތަކަށް ކޯޓު ތައްޔާރުކޮށްފައި
އިންނާނެ ކަމަށް ބުނެ އޮޅުވާލައިގެން ބިޓު އަތުން ލާރި ނެގި މީހަކު ޖަލަށް
އިންނާނެ ކަމަށް ބުނެ އޮޅުވާލައިގެން އަންހެނެއްގެ އަތުން ލާރި ނަގަމުން ދިޔަ ދިވެހި ފިރިހެނެއްގެ މައްޗަށް ހުކުމެއް އިއްވައިފިއެވެ.
Advertisement

އުތުރުގެ ރަށަކަށް ނިސްބަތްވާ މި ފިރިހެން މީހާ ދިޔައީ، އަންހެނަކަށް އޮޅުވާލައިގެން އިންނާނެ ކަމަށް ބުނެ އެކިކަންކަމުގައި އެ އަންހެން މީހާ އަތުންނާއި، އެ މީހާ މެދުވެރިވެގެން އެހެން މީހުން އަތުންވެސް ލާރި ހޯދަމުންނެވެ.

މި ފިރިހެން މީހާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާއަކާއި ޓެކުމުގެ ދައުވާއެއް ދައުލަތުން ކުރިއެވެ. އޭގެތެރެއިން ޓެކުމުގެ ކުށުގެ ދައުވާ މި ފިރިހެން މީހާގެ މައްޗަށް ސާބިތުވެ، މިދިޔަ ހަފްތާގައިވަނީ ހުކުމް އިއްވާފައެވެ.

ޓެކުމުގެ ކުށް ސާބިތުވެ، ގާތްގަނޑަކަށް 10 މަސް ދުވަހުގެ ޖަލު ހުކުމެއް ކޯޓުންވަނީ ލުއިކޮށްދީ، ފަސް މަހަށް އޭނާ ގޭ ބަންދުކޮށް، އަދި 27،600 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މިއީ، ބޮޑު ތިލަދުންމަތީގައި ހިނގި ހާދިސާއެކެވެ. އޮޅުވާލައިގެން ފައިސާ ހޯދަމުން ދިޔައީވެސް އަދި އިންނާނެ ކަމަށް ބުނި އަންހެން މީހާއަކީވެސް ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ އަންހެނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް