
މިދިޔަ މަހު އަމަލުކުރަން ފެށި މި ގާނޫނުގެ ދަށުން ފުލުހުން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ މި ގަވާއިދުގެ ސަބަބުން، ތަހުގީގުގެ ވަކި ހާލަތްތަކެއްގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިގެންދެ އެވެ.
މި ބާރު ލިބިގެންވަނީ ސަބްއިންސްޕެކްޓާ އޮފް ޕޮލިސް ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގެ އޮފިސަރަކަށެވެ. މިއީ ގާނޫނުއަސާސީން ކޮންމެ މީހަކަށްމެ ލިބިދޭ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގަށް ބުރޫއަރާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.
ނަމަވެސް، އެ 48 ގަޑިއިރުގެ ތެރޭގައި ހައްޔަރުކޮށްފައިވާ މީހާއާ ތަހުގީގަށް ސުވާލުކުރާނަމަ، ވަކީލަކާ އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. މި ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ އެހެން ބާރުތަކުގެ ތެރޭގައި ކޯޓު އަމުރަކާ ނުލައި މީހުންނާއި ތަންތަން ބަލައި ފާސްކުރުމާއި، އެއްގަމާއި ކަނޑުގެ އުޅަނދުތައް ހުއްޓުވައި ބަލައި ފާސްކުރުމުގެ އިހުތިޔާރު ހިމެނެ އެވެ.