ads
އުމަރު ނަސީރު
ނޫސްވެރިން ތެދު މައުލޫމާތު ދޭން ހުވާކުރަންޖެހޭ ގޮތް ހަދާނަން: އުމަރު ނަސީރު
އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ސަރުކާރުން ފާސްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ބިލް އިސްލާހުކޮށް، ނޫސްވެރިންނަކީ އެނގިހުރި މިންވަރަކުން ތެދު މައުލޫމާތު ހާމަކުރުމަށް ހުވައެއް ކުރަންޖެހޭ ބައެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
Advertisement

މިއީ ސަރުކާރަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ އަޑު ކަނޑުވާލުމަށް ފާސްކުރި ބިލެއް ކަމަށް ތުހުމަތުކުރައްވައި އުމަރު ވަނީ ބިލަށް ގެންނަވާނެ އިތުރު އިސްލާހުތަކެއްވެސް ހާމަކުރައްވާފައެވެ.

އުމަރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އެންމެ ތަޖުރިބާކާރު ނޫސްވެރިންގެ މަޝްވަރާގެ މަތިން ގެންނާނެ އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ އަމަލުތައް ހާމަކުރުމަކީ ކުށެއް ނޫން ކަމަށް ކަނޑައެޅުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، ބިލުގައި ހުރި ޖޫރިމަނާގެ އަދަދުތައް ކުޑަކުރުމަށާއި، ލިޔުމަކުން އަސަރުކުރާ ފަރާތަކުން ރައްދު ދޭން ބޭނުންވެއްޖެނަމަ 24 ގަޑިއިރުގެ ތެރޭގައި އެ ފުރުސަތު ހިލޭ ދޭން ލާޒިމްކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އުމަރުގެ ފާޑުކިޔުންތަކުގައި، މި ބިލުގެ އަސްލު ބޭނުމަކީ އަބުރު ރައްކާތެރިކުރުން ނޫން ކަމަށް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކޮށްފައިވަނީ ގިނަ އަދަދެއްގެ ނޫސްވެރިންގެ އިހުތިޖާޖުތަކާއި ކަންބޮޑުވުންތަކުގެ ތެރެއިންނެވެ. ބިލަށް ކޮމިޓީ މަރުހަލާގައި ބައެއް ބަދަލުތައް ގެނައި ނަމަވެސް، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމަށް ބުނެ ގިނަ ނޫސްވެރިންނެއް ދަނީ ބިލް ތަސްދީގު ނުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް