ads
ރައީސް މުއިއްޒު، އަރިހުގައި ރައީސް ނަޝީދު
މީޑިއާ ބިލުގެ ސަބަބުން ހިޔާލު ފާޅު ކުރުމަށް ހުރަސް އެޅޭ: ރައީސް ނަޝީދު
ރޭގައި ފާސް ކުރި މީޑިއާ ބިލުގެ ސަބަބުން ހިޔާލު ފާޅު ކުރުމަށް ހުރަސް އެޅޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ނަޝީދު ވިދާޅުވީ މި ދުވަހަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އައި ވަރަށް ކަޅު ދުވަހެއް ކަމަށެވެ. 

އިއްޔެ ފާސްކުރި ބިލުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންގެ ބުރަ މަސައްކަތުން ރާއްޖެއަށް ގެނައި ޑިމޮކްރަސީ އެކޮށް ފުނޑާލެވިގެން ގޮސްފައިވާ ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ. 

ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި އިތުރަށް ވާ ގޮތުން ރައްޔިތުން މި ބިލާއި ދެކޮޅަށް ތެދުވަން ޖެހޭ ކަމަށާއި އެއްޗެއް ނުބުނެ މަޑުން ތިބެގެން ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެއްކޮށް ގެއްލިގެން ދާނެ ކަމަށެވެ. 

ރައީސް ނަޝީދުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވެސް ވަނީ މި ބިލާއި ދެކޮޅަށް ރައްޔިތުން ތެދުވުމަށް ގޮވާލާފައި އެވެ. 

ނޫސްވެރިންނާއި ސިޔާސީ ޕާޓީތަކާއި މީޑިއާތަކާއި މަދަނީ ޖަމިއްޔާތައް އަދި އާންމުންގެ ކަންބޮޑުވުންތަކާ އެކު ވެސް އެ ބިލް ފާސްކުރުމަކީ ރައްޔިތުންގެ ޑިމޮކްރެޓިކް ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށް އިބޫ ވަނީ ފާހަގަ ކުރަށްވާފައި އެވެ. 

މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން އިހްތިޖާޖުކުރަމުން ދަނިކޮށް އިއްޔެ ބިލް ފާސްކުރީ ސަރުކާރުގެ 60 މެމްބަރުންގެ ވޯޓާއި އެކުއެވެ. 

އިދިކޮޅަށް ވޯޓް ދިނީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްއެވެ. ބިލަށް ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ނަން އިއްވާ ތަޅުމުން ބޭރުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް