ads
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބްރޯޑްކޮމް މެމްބަރުން
މީޑިއާ ބިލް، ބްރޯޑްކޮމާއި އެމްއެމްސީ މެމްބަރުންގެ މަގާމު ގެއްލޭނެ
ވެރިކަން ކުރާ ޕީއެންސީގެ ގަދަ ބަރާރުން ރައްޔިތުން މަޖިލީހުން އިއްޔެ ފާސްކުރި ބިލާއި އެކު މީޑިއާ ރެގިއުލޭޓް ކުރާ ބިލާއި އެކު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) މެމްބަރުންގެ މަގާމު ގެއްލޭނެކަމަށް ކަނޑަޅައިފިއެވެ.
Advertisement

މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން އިހްތިޖާޖުކުރަމުން ދަނިކޮށް އިއްޔެ ބިލް ފާސްކުރީ ސަރުކާރުގެ 60 މެމްބަރުންގެ ވޯޓާއި އެކުއެވެ. އިދިކޮޅަށް ވޯޓް ދިނީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްއެވެ. ބިލަށް ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ނަން އިއްވާ ތަޅުމުން ބޭރުކުރުމަށް ފަހުއެވެ. 

ބިލް އިއްޔެ ފާސްކުރި އިރު އެ ބިލާއި ދެކޮޅަށް ބްރޯޑްކޮމާއި އެމްއެމްސީ ބައިނަލްއަގްވާމީ ބައެއް ޖަމިއްޔާތާކުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

your imageމީޑިއާ ކޮންޓްރޯލް ބިލު ދިރާސާކުރާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެމްއެމްސީގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. 

މި ބިލުގައިވާ ގޮތުން ރައީސް ބިލު ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން ގާނޫނަށް އަމަލުކުރަން ޖެހޭނެއެވެ. 

މި ބިލުގައިވާ ގޮތުން ބިމަށް އަމަލުކުރަން ފެށުމުން ބްރޯޑްކޮމްއާއި އެމްއެމްސީ އުވާލައި އާ ކޮމިޝަން އުފައްދަން ޖެހެއެވެ. އަދި މީޑިއާ ކައުންސިލާއި ބްރޯޑްކޮމްގެ މެމްބަރުންގެ މަގާމު ގެއްލޭނެ ކަމަށް ބިލުގައިވެއެވެ. 

އެހެންނަމަވެސް، މީޑިއާ ކައުންސިލާއި ބްރޯޑްކޮމްގައި ތިބި މުވައްޒަފުން އަލަށް އުފައްދާ ކޮމިޝަނުގެ މުވައްޒަފުންގެ ގޮތުގައި ބަދަލުކުރާން ޖެހޭނެކަމަށް ބިލުގައި ހިމަނާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް