ads
ރައީސް ނަޝީދު
ރައީސް ނަޝީދަށް އޮޑިޓުން އަނެއްކާވެސް އޭ ސްޓަރއެއް
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން 2023 ވަނަ މާލީ އަހަރުގެ ހުރިހާ ހަރަދެއްކޮށްފައިވަނީ ރަނގަޅަށް ކަމަށް އެ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފިއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން 2023 ވަނަ މާލީ އަހަރުގެ ހުރިހާ ހަރަދެއްކޮށްފައިވަނީ ރަނގަޅަށް ކަމަށް އެ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، އޭގެ ކުރީ އަހަރުގެ މާލީ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ރަނގަޅަށް ކަމަށް ކުރިން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައިގަނޑު ގޮތެއްގައި 2023 އަށް ނިމުނު މާލީ އަހަރުގެ ހަރަދުތައް ކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވި ބަޖެޓުގެ މަގްސަދުތައް ހާސިލްވާ ގޮތަށް، ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްކަކަށް ބަޖެޓްގައި ކަނޑައެޅިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތު ގާނޫނާ ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއް ގޮތަށެވެ. އޮޑިޓް ރިޕޯޓު

2023 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގައެވެ. އެއީ މަޖިލިސް 19އެވެ. އެ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް މަޖިލީހުގެ ރައީސްގެ މަގާމް ފުރުއްވީ، ރައީސް މުހައްމަދު ނަޝީދުއެވެ. ރައީސް ސޯލިހާ ހިޔާލު ތަފާތުވެ، ރިޔާސީ އިންތިހާބުގެ ފަހުން ނަޝީދުވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވިއިރު، އިތުބާރު ނެތްކަމުގެ ވޯޓަށް އޮތީ ތައްޔާރުވެފައެވެ.

96%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް