ads
އެމެރިކާ އެމްބެސެޑަރު ހޫގޯ ޔޮން ރައީސް މުއިއްޒު އަރިހުގައި
ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގަހައްޓަން އެމެރިކާއިން ގޮވާލައިފި
ނޫސްވެރިން ދެކޮޅުހަދަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލް ފާސްކުރުމާ ގުޅިގެން ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެގެހެއްޓުމަށް އެމެރިކާއިން މިއަދު ރާއްޖެއަށް ގޮވާލައިފި އެވެ.
Advertisement

މީޑިއާ ކޮންޓްރޯލް ކުރާ ބިލު ފާސްކުރުމުން އެކްސްގައި ކުރި ޕޯސްޓެއްގައި ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ބުނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އަސާސީ ހައްގެއްގެ ގޮތުގައި ނޫސްވެރިން ހިމެނޭ ގޮތަށް އެންމެނަށް ލިބިދިނުމަށް އެމެރިކާއިން ތާއީދު ކުރާ ކަމަށެވެ. 

އަދި ރާއްޖެ ހިމެނޭ ގޮތަށް ހުރިހާ ގައުމަކަށް ވެސް ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނަގަހައްޓައި އިދިކޮޅު ފަރާތްތަކަށް ހިޔާލުތައް ފާޅުކުރުމަށް ފުރުސަތު ދޭން ވަނީ ގޮވާލައިފަ އެވެ.

މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް އާންމުންނާއި ނޫސްވެރިން ދަނީ މިއަދު ހެނދުނުން ފެށިގެން މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފަ އެވެ. އެ ބިލާ ދެކޮޅަށް 151 ނޫސްވެރިން ސޮއިކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅި ނަމަވެސް، އެ ޕެޓިޝަން ބޭރުކޮށްލަން ޕެޓިޝަން ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.  

ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އެ ބިލް ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުގެ ތަޅުމުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. އެ ބިލް ފާސްކުރީ 60 މެމްބަރުންގެ ވޯޓުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް