ads
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.
އެމްޑަބްލިޔުއެސްސީއަށް ޑޮލަރު ހޯދަން ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިގެން މަސައްކަތް ކުރަނީ
ޑޮލަރުން އާމްދަނީ ހޯދުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ނިންމައިފި އެވެ.
Advertisement

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އިއްޔެ ވާހަކަ ދައްކަވަމުން، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ، އެ ކުންފުނިން ހިދުމަތްތައް ފޯރުކޮށްދޭއިރު، ތެޔޮ ގަތުން ފަދަ ކަންކަމަށް އަހަރަކު ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.

އެ ކުންފުންޏަށް ޑޮލަރުން އާމްދަނީ ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި 2 ގޮތަކަށް މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ފަތުރިވެރިކަމުގެ ދާއިރާއިން މަސައްކަތް ކުރުމަށް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތެރޭގައި އެބަތިބި ޑޮލަރުން އާންމްދަނީ ލިބޭ ފަރާތްތައް. މިސާލަކަށް ޓުއަރިޒަމް ފެސިލިޓީ. މާފުއްޓަށް ބެލިއަސް، މާލެއަށް ބެލިއަސް. އަޅުގަނޑުމެން ދިރާސާ އެބަހަދަން އޭގަ އެފަރާތްތަކާއެކު އެގްރީމަންޓަކަށް ދެވިދާނެތޯ. އެބޭފުޅުން ޑޮލަރުން ޕޭމަންޓް ހަދަން. ކިތައްމެ ކުޑަމިންވަރެއްވިއަސް" އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވި އެވެ.

އޭގެ އިތުރުން، ޓޫރިޒަމަށް މީގެ 17 އަހަރު ކުރިން ދޫކުރި ހދ. ނާގޯށީގެ މަސައްކަތް ނިންމައި، އަންނަ އަހަރު ހުޅުވަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން މަސައްކަތް ފަށާފައިވާއިރު، އެކަމުގައި އެމްޑަބްލިޔުއެސްސީގެ ބައިވެރިވުން ހިމަނަން ވެސް މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ މައިގަނޑު ވިސްނުމަކީ، މަތީން ވިދާޅުވި ގޮތުގައި، ކުންފުނީގައި ގާއިމުވެފައި އޮތް ފެނާއި ނަރުދަމާ އެޅުމުގެ ފަންނީ ގާބިލުކަން ޓޫރިޒަމް ތަރައްގީކުރުމުގެ މަޝްރޫއުތަކުގައި ބޭނުންކޮށްގެން، ޑޮލަރުން އާމްދަނީ ހޯދޭނެ މަގުކޮށުމެވެ.

އަދި ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުން މިހާރު އެންމެ އިސްކަމެއް ދެނީ ޑޮލަރުން އާމްދަނީ ހޯދުމުގެ ދާއިމީ ހައްލެއް ގާއިމުކުރުމަށް ކަމަށާއި، މި މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފެންނަން ފަށާނެ ކަމުގެ އުންމީދު އޮތް ކަމަށްވެސް ކުންފުނިން ގަބޫލުކުރެ އެވެ.

އެމްޑަބްލިއުއެސްސީ ގެ ހިދުމަތްތައް ބިނާވެފައިވަނީ މުވައްޒަފުންގެ މަސައްކަތުގެ މައްޗަށް ކަމަށް ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި ހިދުމަތްތައް އަވަސްކުރުމާއި، ޖަވާބުދާރީވުން އިތުރުކުރުމާއި، ދެފުށްފެނުން ބޮޑުކުރުމަށް މަސައްކަތްކުރާނެ ކަމަށް މަތީން ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް