
ސްޓްރާޑާ ކުންފުންޏަށް ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓެއް ތަރައްގީކުރަން ދީފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީ އާއި އެ ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.
އެ މައްސަލައިގެ ތަންފީޒީ ހުކުމް ދައުލަތުން އެދިގެން ބާތިލުކުރިއިރު، އެ ބިމަށް ސްޓްރާޑާ ކުންފުނިން ކުލީގެ ގޮތުގައި ދައްކަން ޖެހޭ 1.1 މިލިއަން ރުފިޔާ ހޯދުމަށާއި ބިން ހުސްކުރުމުގެ އަމުރަކަށް އެދި ދައުލަތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ސެޕްޓެމްބަރު، 2019 ގައި ވަނީ 15 ދުވަހުގެ ތެރޭގައި ބިން ހުސްކުރުމާއި އެ ތަނަށް ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދެއްކުމަށް ހުކުމްކޮށްފަ އެވެ.
އެ ބިން ހަވާލުކުރުމަށާއި 1.1 މިލިއަން ދައްކަން އެންގި މައްސަލަ ސްޓްރާޑާއިން އިސްތިއުނާފްކުރި ނަމަވެސް ހައި ކޯޓާއި ސުޕްރީމް ކޯޓުން އޮތީ އެ ހުކުމް ދަމަހައްޓައިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ ބާތިލްކުރަން ދައުލަތުން އެދުނީ ސްޓްރާޑާއިން އެ ބިން ދައުލަތާ ހަވާލު ކޮށްފައިވާތީ އެވެ.