
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަފީޤަށް ރުހުންދޭން ފެންނަ ކަމަށް، ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ޝަފީގަކީ މީގެކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭގެ ސީއީއޯކަމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ ކަމާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން، އެޗްއާރުސީއެމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކުގެ ތެރެއިން ތަޅުމަށް ފޮނުވަން ނިންމީ ޝަފީޤްގެ ނަން އެކަންޏެވެ. ދެން ފޮނުވި މުހައްމަދު ފާރިސް ތާހާގެ ނަން ތަޅުމަށް ފޮނުވަން ނުފެންނަ ކަމަށް ކޮމިޓީން މިދިޔަ ހަފުތާ ބަންދުގައި ނިންމި އެވެ.
މިހާރު އެޗްއާރްސީއެމްގައި ތިއްބަވާ މެންބަރުންނަކީ ރައީސް މަރިޔަމް މުނާ އާއި ނައިބު ރައީސް މޫމިނާ ވަހީދާއި ސަމާއު އަހްމަދު ނަޖީބާއި އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެ އިތުރުން އިސްމާއިލް ހަބީބެވެ.