ads
ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި ލޯންޗުތައް، ޖަޕާނުގެ ސަފީރު އިޝިގާމީ ރުމިކޯ، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއާ ހަވާލުކޮށްދެއްވަނީ - ފޮޓޯ: ޕޮލިސް
ޖަޕާނު ސަރުކާރުން ފުލުހުންނަށް ފަސް ލޯންޗު ހަދިޔާކޮށްފި
ޖަޕާނު ސަރުކާރުން ފުލުހުންނަށް ފަސް ލޯންޗު ހަދިޔާކޮށްފި އެވެ.
Advertisement

ކ. ދޫނިދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިޔާތުގައި އެ އުޅަނދުތައް ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީންއާ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ. އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޖަޕާން ސަރުކާރުގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ފުލުހުންގެ ކުރިއެރުމަށާއި ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދިނުމުގައި ޖަޕާން ސަރުކާރުން ދޭ އެހީތެރިކަން ފާހަގަކޮށް، އެ ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން ޖަޕާނު ސަރުކާރަށް ވަނީ ހަނދާނީ ފިލައެއް ދީފަ އެވެ.

2024 ޖުލައި 14ވަނަ ދުވަހު، ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް 54 ކާރާއި ހަތަރު ވޭންވެސް ވަނީ ހަދިޔާކޮށްފައިވެ އެވެ. އަދި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓު ކިޓް ޕްރިކާސާ ފީލްޑް ޓެސްޓު ކިޓް އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓުގެ އިތުުރުން އެހެނިހެން ތަކެތި ވެސް ހަދިޔާކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް