
އުއްމު ކުލްސޫމް
ޖޭއެސްސީގެ ދައުރު ހަމަވުމުން އުއްމު، ސިވިލް ސާވިސް ކޮމިޝަނަށް
އަހުމަދު ހަސަން
18 އޯގަސްޓް 2025 - 11:30:57
ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ފަސް އަހަރުގެ ދައުރެއް ހަމަ ކުރެއްވުމަށް ފަހު، އާމިނަތު އުއްމު ކުލްޘޫމް ސިވިލް ސަރވިސް ކޮމިޝަނަށް ކުރިމަތިލައްވައިފިއެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް އުއްމު އައްޔަން ކުރެއްވީ، އެމްޑީޕީގެ ވެރިކަމުގައި 2020 ވަނަ އަހަރުއެވެ. އެ ކޮމިޝަންގައި އުއްމުގެ ދައުރު ހަމަވީ މި ހިނގާ އޮގަސްޓް މަހުގެ ކުރީކޮޅުއެވެ. އެ މަގާމުގެ ދައުރު ހަމަވުމުން، އުއްމު ދެން ކުރިމަތިލެއްވީ ސިވިލް ސަރވިސް ކޮމިޝަނަށެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މިހާރުގެ ތިން މެމްބަރުގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަނަށް އުއްމު ކުރިމަތިލެއްވިއިރު، އުއްމުގެ ނަންވެސް ރައީސް މުއިއްޒުވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް