
ނާސިހް އަލުން އެ މަގާމަށް އައްޔަންކުރަން ރައީސް އެދިވަޑައިގެން އިރު އޭނާ މަގާމުން ވަކިކުރަން މި ސަރުކާރުން ކުރުން ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން މަޖިލީހުގެމިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނާސިހު ވަކިކުރަން މިދިޔަ ނޮވެމްބަރު މަހު ހުށައެޅިއެވެ. ސަބަބަކަށް ހެދީ އަމިއްލަ މަގްސަދެއް ހާސިލްކުރަން އުޅުނުކަމުގެ ޝަކުވާ ލިބުނުކަމުގެ ތުހުމަތެވެ. ނަމަވެސް ފަހުން ވަނީ މަޖިލީހުން އޭނާ ވަކިނުކުރަން ނިންމައިފައެވެ.
ސިވިލް ސާވިސް ކޮމިޝަން އަލުން މެމްބަރުން އައްޔަންކުރަން ރައީސް މަޖިލިހަށް ނަން ފޮނުއްވާފައި މިވަނީ ނާސިހާއި މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެ މެމްބަރުކަމުގެ ދައުރު އަންނަ މަހުގެ ތިންވަނަ ދުވަހަށް ހަމަވާތީއެވެ.
ނާސިހްގެ ނަން އެންމެ ކުރީގައި ހިމަނާ ދެން ނަންތައް ރައީސް ފޮނުވި ތަރުތީބު
- ޑރ. ހުސައިން ފާއިޒް - ދަފްތަރު ނަންބަރު 1325
- ޑރ. ދީބާ މޫސާ - މ. ވައިޓްބެލް
- ބަދުރިއްޔާ މޫސާ - ދަފްތަރު ނަންބަރު ރސ-414
- ޑރ. ފާތިމަތު މުނާ - ވާދީއާގެ، ގއ. ވިލިނގިލި
- އާމިނަތު އުއްމުކުލްސޫމް - މޫންލައިޓްހައުސް، އައްޑޫ، މަރަދޫ
މި ނަންތައް ދިރާސާކުރުމަށް މަޖިޅީހުގެ ރިޔާސަތުން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފައެވެ.