ads
ރައްޔިތުން މަޖިލީހުން ކަރަންޓް ކެނޑިފައި
މަޖިލީހުން ކަރަންޓް ގޮސްގެން ޖަލްސާ މެދުކަނޑާލައިފި
ރައްޔިތުން މަޖިލީހުން ކަރަންޓް ގޮސްގެން މިއަދުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.
Advertisement

މަޖިލީހުގެ އިދާރާއިން ކަރަންޓް ކެނޑުނީ ޖަލްސާ ފެށުނުތާ 10 ވަރަކަށް މިނެޓްގެ ތެރޭގައެވެ. ޖަލްސާ ގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކަރަންޓަށް ވީ ގޮތެއް އަދި ނޭގިގެން އުޅޭތީ އެކަން ވާނުވާ ބަލާލުމަށް ޖަލްސާ މެދު ކަނޑާލާކަމަށެވެ. '

މަޖިލީހުގެ ޖަލްސާ މެދުކަނޑާލިއިރު މިއަދުގެ ޖަލްސާގައި މާ ގިނަ މަސައްކަތެއްވެސް ތާވަލުކުރެވިފައެއް ނުވެއެވެ. މަޖިލީހުގެ އެޖެންޑާގައިވާ ގޮތުން މިއަދު އޮތީ ހިއުމަން ރައިޓްސް ކޮމިޝަނަށް ދެ މެމްބަރުން އައްޔަން ކުރުމަށް ރައީސް މުއިއްޒު ފޮނުއްވި ނަންތައް ދިރާސާކުރި ކޮމެޓީގެ ރިޕޯޓް އިއްވުމާއި ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު އަށް އިސްލާހު ގެނައުމުގެ ބިލު މާލިއްޔަތު ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓް އިއްވާ ބަހުސް ކުރުމެވެ. 

މަޖިލިހުން ކަރަންޓް ކެނޑުނު އިރު ހިއުމަން ރައިޓްސް ކޮމިޝަނަށް ދެ މެމްބަރުން އައްޔަން ކުރުމަށް ރައީސް މުއިއްޒު ފޮނުއްވި ނަންތައް ދިރާސާކުރި ކޮމެޓީގެ ރިޕޯޓް އިއްވާ ބަހުސްވެ ކޮށް ވަނީ ނިމިފައެވެ. އެހެންކަމުން ކަރަންޓް ނުދިޔަނަމަވެސް މިއަދުގެ ހުސްވަގުތުކުރުން މަޖިލިސްގެ މަސައްކަތް ނިމެނޭނެކަމަށް ބެލެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް