
މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މާދަމާއިން ފެށިގެން މިއަހަރުގެ އޮކްޓޫބަރު 13 ވަނަ ދުވަހުގެ ނިޔަލަށް އެ މަގުގެ އެއްފަޅި ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންވެ، އެކަމާ ގުޅިގެން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ކައުންސިލުން މާފަށް އެދެ އެވެ.
އެ އިއުލާނާ އެކު އާންމުކުރި ޗާޓުގައިވާ ގޮތުން ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް މަގު ބަންދުވާނެ އެވެ. އަދި ގިނަ އަދަދެއްގެ އަތޮޅު ފެރީތައް ވެސް ވަންނަ އެ ސަރަހައްދުގެ ފަޅު ބަންދުވާނެ ކަމަށް ކައުންސިލުގެ ޗާޓުން ދައްކަ އެވެ.
މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ތަރައްގީ ކުރުމަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ މަސައްކަތެކެވެ.
- އިތުރަށް ކިޔާލަން: މާލެއާ ވިލިމާލެ މަގު ހަދަން ސާވޭ ޓީމު މަގުމައްޗަށް ނުކުމެއްޖެ