
މަރުވެފައި ވަނީ ގ. ޒާމިއާ، އަހްމަދު އަފްރާހު، 48، އެވެ.
އަފްރާހުގެ ތަހުގީގުގެ ބޭނުމަށް އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ މެންދުރު 1:26 ގައި އަމުރު ކުރުމާ އެކު، ބަހައްޓަފައި ހުރީ އަތޮޅުވެހީގަ އެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މުއައްސަސާގެ ބަންދުގައި ހުއްޓާ މަރުވި ގ. ޒާމިއާ، އަހްމަދު އަފްރާހު، 48، ގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އަހްމަދު އަފްރާހުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަން ހަމަޖެހިފައިވަނީ ކޮން ދުވަހަކު ކަމެއް ފުލުހުން ނުބުނެ އެވެ.
ކުށުގެ ރެކޯޑު ވެސް އޮންނަ އަފްރާހު ހައްޔަރުކުރި ދުވަހު ކުޑަކަމުދާ ތަކެތި ޓެސްޓު ކުރި ކަމަށާއި އެކި ބާވަތުގެ މަސްތުވާތަކެތި ބޭނުން ކޮށްފައި ހުރި ކަމަށް އެ އިން ދެއްކި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އަފްރާހުގެ މަރުގެ ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަނަށާއި އެންއައިސީއާ ވަނީ ހިއްސާކޮށްފަ އެވެ. އަދި ކަން ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.